Last Updated: May 9, 16:46
Friday, May 9, 2025
ޚަބަރު

ފަސް މިލިއަން ރުފިޔާގެ ޑްރަގްސް އަތުލައިގެންފި

އަތުލައިގަތް މަސްތުވާތަކެތި- ފޮޓޯ: ކަސްޓަމްސް

ރާއްޖެއަށް އެތެރެކުރަން އުޅުނު 5 މިލިއަން ރުފިޔާގެ ޑްރަގްސް މޯލްޑިވްސް ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

މި މަސްތުވާތަކެތި އަތުލައިގަނެފައިވަނީ ވައިގެމަގުން ޕާކިސްތާނުން ރާއްޖެއައި ޕާކިސްތާނުގެ ރައްޔިތެއްގެ ލަގެޖުންނެވެ.

މިތަކެތި އަތުލައިގަނެފައިވަނީ 7 އޮކްޓޫބަރު 2023 ވަނަ ދުވަހު ރާއްޖެއައި ޕާކިސްތާނުގެ 20 އަހަރުގެ އަންހެން ފަސިންޖަރެއްގެ ލަގެޖްގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާކަމަށް ޝައްކުކުރެވިގެން އެ ފަސިންޖަރުގެ ލަގެޖު ބަލައި ފާސްކުރުގެ ތެރޭގައި ކަމަށް ކަސްޓަމްސްއިން މައުލޫމާތުދެއެވެ.

އެގޮތުން ބަލައިފާސްކުރުމުގެ ތެރޭގައި ލަގެޖުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ހުރި ޕެކެއް ފެނުމުން، އެ ތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލުކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން އަށް ޕޮޒިޓިވް ވެފައިވާކަމަށްވެސް ކަސްޓަމްސްއިން ބުނެފައިވެއެވެ.

ކަސްޓަމްސްއިން ބުނެފައިވަނީ އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމުލަ 4.720 ކިލޯ ހުރި ކަމަށެވެ. އަދި މިތަކެތީގެ މަގުމަތީ އަގު 5.8 މިލިއަން ރުފިޔާއަށް އަރާކަމަށެވެ. މި މައްސަލައިގައި އަތުލައިގަތް މަސްތުވާތަކެތި އަދި ޕާކިސްތާނުގެ މީހާ ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.