Last Updated: July 23, 14:58
Thursday, July 23, 2026
ޚަބަރު

ފޭދޫ ސްކޫލްގައި ކެންޓީނެއް ހިންގާނެ ބަޔަކު ހޯދަނީ

އައްޑޫ ފޭދޫ ސްކޫލްގައި ކެންޓީނެއް ހިންގާނެ ބަޔަކު ހޯދަން ހުޅުވާލައިފި އެވެ.

އެ ސްކޫލުން ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 25 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި މިކަމާ ބެހޭ ގޮތުން މައުލޫމާތު ދޭން ބާއްވާ ސެޝަނެއް މި މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު ފޭދޫ ސްކޫލްގެ އޮފީހުގައި އޮންނާނެ އެވެ.

މައުލޫމާތު ސެޝަނުގައި ބައިވެރި މުވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތެއް ނޯންނާނެ އެވެ.

އެ ސްކޫލުން ބުނީ ކެންޓީން ހިންގާނެ ފަރާތެއް ހޮވާ އިރު، ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން ސާފުތާހިރުކޮށް ތާޒާކަމާ އެކީޯ ކުދިންނަށާއި އަދި ޓީޗަރުންނަށް ޚިދުމަތް ދެވޭނެ ފަރާތްތަކާއި އަދި ވީހާ ވެސް ހެޔޮއަގެއްގައި ކެންޓީނުގެ ޚިދުމަތް ދެވޭނެ، އއެ ދާއިރާގައި މިހާރު ވެސް މަސައްކަތްކުރާ ފަރާތްތަކަށް އިސްކަން ދޭނެ ކަމަށެވެ.

މިކަމާ ބެހޭ އިތުރު މައުލޫމާތު ސްކޫލްގެ 6892546 އަށް ގުޅައިގެން ހޯދޭނެ އެވެ.

ފޭދޫ ސްކޫލަކީ އެ އަވަށުގައި ހިންގާ ހަމައެކަނި ސްކޫލެވެ. އަދި މިއީ ކީ ސްޓޭޖުން ފެށިގެން ގްރޭޑް 10 އާ ހަމައަށް ކިޔަވައިދޭ ތަނެކެވެ.