Last Updated: July 24, 11:07
Friday, July 24, 2026
މުނިފޫހިފިލުވުން

ޝާހިދާއި ޕޫޖާ ފިލްމުގެ ސެޓަށް

ޝާހިދު ކަޕޫރާއި ޕޫޖާ ހެގްޅޭ އެކީގައި ކުޅޭ ފުރަތަމަ ފިލްމުގެ ޝޫޓިން ފަށައިފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން "ކޮއީ ޝަކް" ކިޔާ މި އެކްޝަން އެޑްވެންޗާ ތުރިލާގެ ޝޫޓިންގެ ތެރެއިން ނަގާފައިވާ ފޮޓޯތަކެއް ވެސް އިއްޔެ އިންސްޓަގްރާމްގައި އާންމުކޮށްފައިވެ އެވެ. މި ފިލްމަކީ ބަތަލާ ވިދިއާ ބާލަންގެ ފިރިމީހާ ޕްރޮޑިއުސަރު އަދިތިޔާ ރޯއި ކަޕޫރާއި ޒީ ސްޓޫޑިއޯސް ގުޅިގެން ހަދާ އެއްޗެކެވެ.

ޝާހިދާއި ޕޫޖާ އެކީގައި މަސައްކަތްކުރާ ފުރަތަމަ ފިލްމުގެ ޑައިރެކްޓަރަކީ އިންޑިއާގެ ދެކުނުގެ ވަރަށް ގިނަ މަޝްހޫރު ތަރިންނާ އެކީ މަސައްކަތްކޮށްފައިވާ ކުޅަދާނަ ޑައިރެކްޓަރު ރޯޝަން އެންޑްރޫސް އެވެ. އާންމުކޮށް މަލަޔާޅަމް ފިލްމުތައް ހަދާ ޑައިރެކްޓަރުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ ކޮމެޑީ-ޑްރާމާ "ސަޓަޑޭ ނައިޓް" އެވެ.

އާ ފިލްމެއްގެ މަސައްކަތް ޝާހިދު ފެށި އިރު، އޭނަ އެންމެ ފަހުން ފެނިފައި ވަނީ ޖޫންގައި ޖިއޯ ސިނަމާ އުން ގެނެސްދިން "ބްލަޑީ ޑެޑީ" އިންނެވެ. އިންޑިއާގެ ދެކުނުގެ ފިލްމުތައް ވެސް ކުޅޭ އަދި އިއްޔެ 33 އަހަރު ފުރުނު ޕޫޖާގެ އެންމެ ފަހުގެ ހިންދީ ފިލްމަކީ މި އަހަރުގެ އެޕްރީލްގައި ރިލީޒްކުރި ސަލްމާން ޚާންގެ "ކިސީ ކާ ބާއީ، ކިސީ ކާ ޖާން" އެވެ.