Last Updated: June 15, 00:02
Sunday, June 14, 2026
ޚަބަރު

ޖަވަކަރަ ރިސޯޓް ހުޅުވާނީ 22 ގައި

ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ އާ ރިސޯޓް ޖަވަކަރަ އައިލޭންޑްސް މޯލްޑިވްސް މި މަހުގެ 22 ގައި ހުޅުވަން ނިންމައިފި އެވެ.

ޅ. އަތޮޅުގައި މުޅިން ތަފާތު ކޮންސެޕްޓަކަށް ތަރައްގީކޮށްފައިވާ މި ލަގްޒަރީ ރިސޯޓަކީ 290 ވިލާގެ ފަސްތަރީގެ ރިސޯޓެކެވެ. ޖަވަކަރައިގެ ހާއްސަ ކަމަކަށް ވާނި ވަކިވަކިން އޮތް ދެ ރަށެއް 700 މީޓަރުގެ ބްރިޖަކުން ގުޅާލައި، ގެސްޓުންނަށް މުޅިން ތަފާތު ތަޖުރިބާތަކެއް ވެސް ކުރެވޭ ގޮތަށް ރިސޯޓްގެ ކޮންސެޕްޓް އޮތުމެވެ.

ޗަމްޕާ ރިސޯޓްސް އިން ބުނި ގޮތުގައި ޖަވަކަރަ އެ ކުންފުނީގެ ޕްރޮޕަޓީގެ ތެރެއަށް އިތުރުވާ ވަރަށް ފުރިހަމަ، ހިތްގައިމު އަދި މަތީ ފެންވަރުގެ އެތައް ހިދުމަތްތަކެއް ޓޫރިސްޓުންނަށް ދެވޭނެ ރިސޯޓަކަށެވެ.

މި ރިސޯޓް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ ޕްރީ-ބުކިންސް އަށް ވެސް ހުޅުވާލައިފަ އެވެ. އެގޮތުން ހާއްސަ ރޭޓްތަކެއްގައި އެތަނުގައި ޗުއްޓީ ހަދާލުމުގެ ފުރުސަތު ލިބިގެން ދާނެ އެވެ.