އަންނަ އަހަރުގެ ކުރީކޮޅު އާމިރު ޚާން ޝޫޓިން ފަށަން ޕްލޭންކޮށްފައިވާ ފިލްމު "ސިތާރޭ ޒަމީން ޕަރް" ގެ ބަތަލާ އަކީ ޖެނީލިއާ ޑި ސޫޒާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ނަމަވެސް މި ފިލްމުގެ ނަން ކަށަވަރުކޮށް ދިނުން ފިޔަވައި، މިއާ ބެހޭ އިތުރު އެއްވެސް ވާހަކައެއް މިހާތަނަށް އާމިރު ހިއްސާކޮށްފައެއް ނުވެ އެވެ. އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ސިނަމާތަކަށް ގެންނަ ގޮތަށް ހަދަން ތައްޔާރީތައްވަމުން އަންނަ "ސިތާރޭ ޒަމީރް ޕަރް" ގެ ޑައިރެކްޓަރަކީ އާރްއެސް ޕްރަސައްނާ އެވެ.
އާމިރާ އެކީ އަލަށް ފިލްމެއްގެ މަސައްކަތްކުރަން ޖެނީލިއާ އަށް ފުރުސަތު ފަހިވާ އިރު، ފާހަގަކޮށްލެވޭ ކަމަކީ އޭނަ އަކީ އާމިރު، 58، އަށް ބޮޑުބޭބެ ކިޔާ އަދި މިހާރު ބޮލީވުޑުން ގެއްލިފައިވާ އެކްޓަރު އިމްރާން ޚާންގެ އަލަތު ފިލްމު 2007 ގެ "ޖާނޭ ތޫ…ޔާ ޖާނޭ ނާ" ގެ ބަތަލާކަމެވެ.
އުމުރުން 36 އަހަރުގެ ބަތަލާ އަކީ އެކްޓަރު ރިތޭޝް ދޭޝްމުކްގެ އަންހެނުންނެވެ. ކައިވެނިކޮށް ދަރިން ލިބުނު ފަހުން ޖެނިއާ ފިލްމުތައް ކުޅެނީ ވަރަށް މަދުންނެވެ. އޭނަހެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ ޖުލައިގައި ޖިއޯ ސިނެމާ އިން ގެނެސްދިން ކޮމެޑީ ޑްރާމާ "ޓްރަޔަލް ޕީރިއަޑް" އެވެ.