Last Updated: June 15, 00:02
Sunday, June 14, 2026
ޚަބަރު

ގަވަރުނަރަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ

ދުނިޔޭޔެ އެންމެ ބޮޑު ދެ މާލީ އިދާރާ ކަމަށް ވޯލްޑް ބޭންކާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް އައިއެމްއެފް) ގެ ގަވަރުނަރުންގެ ބޯޑުގެ ޗެއާއަކަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް ހޮވުމާ ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މަރުހަބާ ވިދާޅުވެއްޖެ އެވެ.

އެ މަނިފާނު އެކްސްގައި ގަވަރުނަރަށް މަރުހަބާ ވިދާޅުވެ ފާހަގަކުރެއްވި ގޮތުގައި މިއީ ރާއްޖެ އަށް ވަރަށް ތާރީހީ އަދި ފަހުވެރި ވަގުތުކޮޅެކެވެ. މިއީ ވޯލްޑް ބޭންކާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ ގަވަރުނަރުންގެ ބޯޑުގެ ޗެއާއަކަން ރާއްޖެ އަށް ލިބުނު ފުރަތަމަ ފަހަރެވެ.

ވޯލްޑް ބޭންކާއި އައިއެމްއެފާ ރާއްޖެ ގުޅުނީ 1978 ގަ އެވެ.

ޗެއާޕާސަންގެ އަލީ ހާޝިމް އިންތިހާބުވީ ވޯޓުގައި ބައިވެރިވި ހުރިހާ ގައުމުތަކެއްގެ ތާއީދާ އެކީގަ އެވެ. މި މަގާމަށް ރާއްޖެ ހޮވުނުކަން އިއުލާންކުރީ މޮރޮކޯގެ މަރަކެޝްގައި މިހާރު ކުރިއަށްދާ ވޯލްޑް ބޭންކް ގްރޫޕް އަދި އައިއެމްއެފް އަހަރީ ބައްދަލުވުމުގެ ތެރެއިންނެވެ. މިއާއެކު، އައިއެމްއެފް އަދި ވޯލްޑް ބޭންކުގެ އަންނަ އަހަރޔުގެ އަހަރީ ބައްދަލުވުންތަކުގެ ޗެއާކަން ކުރައްވާނީ އަލީ ހާޝިމެވެ.

ގަވަރުނަރުންގެ ބޯޑުގެ ޗެއާގެ އެންމެ މުހިންމު މަސްއޫލިއްޔަތަކީ އައިއެމްއެފް އަދި ވޯލްޑް ބޭންކު މެންބަރު ގައުމުތަކުގެ މަރުކަޒީ ބޭންކުތަކުގެ ގަވަރުނަރުންނާއި ފިނޭންސް މިނިސްޓަރުންގެ އަހަރީ ބައްދަލުވުންތައް ޗެއާކުރެއްވުމެވެ. މީގެ އިތުރުން، ރެމިއުނެރޭޝަން އޮފް އެގްޒެކެޓިވް ޑިރެކްޓާސް އެންޑް ދެއާ އަލްޓަނޭޓްސް ކޮމިޓީ، ޖޮއިންޓް ޕްރޮސީޖާ ކޮމިޓީ އަދި މަލްޓިލެޓެރަލް އިންވެސްޓްމަންޓް ގެރެންޓީ އޭޖެންސީ ޕްރޮސީޖާ ކޮމިޓީގެ ޗެއާކަން ކުރައްވާނީ ވެސް ގަވަރުނަރުންގެ ބޯޑުގެ ޗެއާޕާސަނެވެ.

ރާއްޖޭގެ މަރުކަޒީ ބޭންކްގެ ގަވަރުނަރުގެ މަގާމަށް އަލީ ހާޝިމް އައްޔަންކުރީ ސެޕްޓެމްބަރު 8، 2019 ގަ އެވެ.