ހިންދީ ސިނަމާގެ ކުރީގެ މަޝްހޫރު ބަތަލާ ޒީނަތު އަމަން މިހާރުގެ ޒުވާން ބަތަލާ ޖާންވީ ކަޕޫރް އެކީގައި ކުޅުނު އިޝްތިހޢރެއް ދައްކާލައިފި އެވެ.
މި ދެ ތަރިން ފެޝަން އައިކަންގެ ގޮތުގައި ދައްކައިލި މި އިޝްތިހާރަކީ އޮޕޯ ބްރޭންގެ އެންމެ ފަހުގެ ފަތްޖެހޭ ފޯނު ފައިންޑް އެން3 ފްލިޕްގެ އިޝްހިރާރެކެވެ. އޭގައި ޒީނަތު، 71، އާއ ޖާންވީ، 26، ފެނިގެން ދަނީ ވަރަށް ސްޓައިލިޝްކޮށް، ކަޅު ކުލައިގެ ގައުންތަކެއްގަ އެވެ.
ޖާންވީ އަކީ ކުރީގެ މަޝްހޫރު ބަތަލާ ސްރީދޭވީގެ ދޮށީ ދަރިފުޅެވެ. އޭނަ އަކީ މިހާރު ބޮލީވުޑްގައި ފިޔަ ޖަހަމުން އަންނަ ޒުވާން ތަރިންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެކެކެވެ. ޖާންވީ ބޮލީވުޑަށް ނުކުތީީ 2018 ގެ "ދަޅަކް" އިންނެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ ޖުލައިގައި ގެނެސްދިން "ބަވާލް" އެވެ.
ޖާންވީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "މިސްޓަ އެންޑް މިސިޒް މާހީ" އާއި "ދެވާރާ" އަދި "އުލާޖު" ހިމެނެ އެވެ.
ހިންދީ ސިނަމާގައި 70 އަހަރުތަކުގައި ވަރަށް ވަރުގަދަ ފެޝަން އައިކަންއެއްގެ ގޮތުގައި ވިދި ޒީނަތު އެންމެ ފަހުން ފެނިފައި ވަނީ ޖާންވީގެ ބޭބެ އަރުޖުން ކަޕޫރްގެ 2019 ގެ ފިލްމު "ޕާނިޕަތު" ގެ ރޯލަކުންނެވެ. ކާމިޔާބު އެތައް ފިލްމެއް ކުޅުނު ބަތަލާ އަކީ މަދުމަދުން ޕްރޮޖެކްޓްތައް ނަގަމުން އަންނަ އަދި މިހާރު އިންސްޓަގްރާމްގައި ވަރަށް އެކްޓިވް ބަތަލާއެކެވެ.