Last Updated: July 8, 22:18
Tuesday, July 8, 2025
ޚަބަރު

ވިއުގަ އަޕްގްރޭޑް ކުރާތީ ކަރަންޓު ކެނޑިދާނެ

މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

އެގޮތުން ސްޓެލްކޯއިން ބުނެފައިވަނީ މިކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާފަންނުގެ ޝާރިއު ވަރުދީ މަގާއި، ޝާރިއު ވަރުދީ ހިނގުން، ކުއްޅަވަށް ގޯޅި، ހަވީރީ ހިނގުން، ފީރޯޒު މަގު، ގަނދަކޯޅިމަގު، ކުޅިދޮށު މަގު، ފުލޫނިޔާ މަގު، އިރާކު މަގު އަދި ކާނޭޝަން މަގު ހިމެނޭ ސަރަހައްދުން ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އެގޮތުން ކަރަންޓު ކެނޑޭނެ ކަމަށް ލަފާކޮށްފައިވަނީ މެންދުރު 13:30 އިން 14:45 އަށެވެ.

ސްޓެލްކޯއިން ފޯރުކޮށްދޭ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މިއަދު ހެނދުނުވެސް މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވެއެވެ.