ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އިނގިރޭސި އެކްޓަރު މައިކަލް ކެއިން އެކްޓިން ރިޓަޔާކޮށްފި އެވެ.
އިނގިރޭސިވިލާތަށް އުފަން 90 އަހަރުގެ އެކްޓަރު ބީބީސީ ރޭޑިއޯ 4 އަށް ދިން އިންޓަވިއުއެއްގައި ބުނީ މިއީ ރިޓަޔާކުރަންވީ ވަގުތު ކަމަށް ގަބޫލުކުރާ ކަމަށާއި މިހާތަނަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ އެވެ. އަދި ކެރިއަރު ނިންމައިލާ އިރު، ވަރަށް ހިތްހަމަޖެހޭ ކަމަށް ދެ އޮސްކާގެ އިތުރުން ގޯލްޑެން ގްލޯބް އެވޯޑް ވެސް ހާސިލުކޮށްފައިވާ މައިކަލް ކެއިން ބުންޏެވެ.
އެކްޓިން އަށް އަލްވަދާއު ކީ އިރު، ބެލުންތެރިންގެ ލޯބި ވަރަށް ބޮޑަށް ހޯދާފައިވާ އެކްޓަރުގެ އެންމެ ފިލްމަކީ މި މަހުގެ 6 ގައި ރިލީޒްކުރި ބައޮގްރަފިކަލް ޑްރާމާ "ދަ ގްރޭޓް އެސްކޭޕާ" އެވެ.
މައިކަލް ކެއިންގެ އެންމެ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "ދި އިޓާލިއަން ޖޮބް"، "ބެޓްލް އޮފް ބްރިޓްން"، "ހަނާ އެންޑް ހާ ސިސްޓާސް"، "ބްލަޑް އެންޑް ވައިން"، "މިސް ކޮންޖީނިއަލިޓީ"، "ދަ ޑާކް ނައިޓް"، "އިންސެޕްޝަން"، "ނައު ޔޫ ސީ މީ"، "އިންޓަސްޓެލާ' އަދި "ޓެނެޓް" ހިމެނެ އެވެ.
އަށްޑިހަ އަހަރަށް ދެމިގެން ދިޔަ ކެރިއަރުގައި މައިކަލް ކެއިން ކުޅުނު ފިލްމުތަކުގެ އަދަދު 160 އަށް ވުރެ ގިނަ އެވެ.