ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާން މިހާރު ޝޫޓިން ފަށަން ތައްޔާރީތައްވަމުން އަންނަ ވަތަނީ ފިލްމަކީ ރާއްޖޭގެ "ނޮވެމްބަރު 3" އާ ހާދިސާއާ ގުޅުވައިގެން ހަދަން ހަމަޖެހިފައިވާ އެއްޗެއް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އިންޑިއާގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނަށް ވިޝްނޫވަރުދާން ޑައިރެކްޓްކުރާ މި ފިލްމުގައި، ޓެރަރިސްޓުންގެ ބަޔަކު ރާއްޖޭގެ ވެރިކަން ވައްޓާލަން، ވެރިރަށް މާލެ އަށް އަރައި ނޮވެމްބަރު 3، 1988 ގައި ހިންގި އުދުވާނީ ހަމަލާއާ ގުޅިގެން އިންޑިއާ އިން އެހީތެރިކަން ފޯރުކޮށް ދޭން ހިންގި "އޮޕަރޭޝަން ކެކްޓްސް" އަށް ވަރަށް ބޮޑަށް އަލިއަޅުވާނެ އެވެ.
Vishnu's film is based on the Maldives coup attempt in 1988.
“During the operation, the Indian Army thwarted an attempt by a group of Maldivians led by businessman Abdullah to depose the gov. #SalmanKhan will be seen leading the mission in the film."
— #Tiger3 (@mystery0725) October 13, 2023
ނަމަވެސް މި ފިލްމާ ބެހޭ އެއްވެސް ތަފުސީލެއް ދަރުމާ އިން އަދި ރަސްމީކޮށް ހާމައެއް ނުކުރެ އެވެ. އެކަމަކު އެ ސްޓޫޑިއޯގެ 1998 ގެ "ކުޗް ކުޗް ހޯތާ ހޭ" ގައި ސަޕޯޓިން ރޯލެއް ކުޅުނުތާ 25 އަހަރު ފަހުން، ދަރުމާގެ ފިލްމަކަށް ސަލްމާން ތައްޔާރުވަމުން އަންނަކަން ކަރަން ދާދި ފަހުން ކަށަވަރުކޮށް ދީފައިވެ އެވެ.
އެގޮތުންގެ ސަލްމާން ފިލްމަށް ވަމުން އަންނަ ތައްޔާރީތަކަށް ބޯ ވެސް ވަރަށް ތުނިކޮށް މިހާރު ކޮށާލާފައިވާ އިރު، ހާއްސަ ޑައިޓަކާ އެކީ އޭނަ އަންނަނީ ހަށިގަނޑު ވެސް ވަރުގަދަ ކުރަމުންނެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ ދަރުމާގެ 2021 ގެ ކާމިޔާބު ބައޮގްރަފިކަލް ހަނގުރާމަ ފިލްމު "ޝޭރުޝާ" ގެ ޑައިރެކްޓަރެވެ.
#Exclusive: #ShahidKapoor all set for his OTT debut with a #Netflix film based on #OperationCactus#AdityaNimbalkar @shahidkapoor @shahidkapoorFC @foxstarhindi @NetflixIndia @Rahulrautwrites https://t.co/jIIazIcMpj
— PeepingMoon (@PeepingMoon) September 5, 2020
ސަލްމާންގެ އާ ފިލްމުގެ ވާހަކަ ރާއްޖޭގެ "ނޮވެމްބަރު 3" އާ ގުޅުވާފައިވާ އިރު، އެ ހާދިސާ އަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަން ވައްޓާލަން ހާޖަރާގެ އަބްދުﷲ ލުތުފީ އިސްކޮށް ހުރެގެން އަވައްޓެރި ސްރީ ލަންކާގެ ތަމަޅަ ޓައިގަރުންތަކެއް ގޮވައިގެން މާލެ އަރައި ދިން އުދުވާނީ ހަމަލާއެކެވެ. ރާއްޖޭގެ ތާރީހުގެ ކަޅު ސަފުހާއެއްގެ ގޮތުގައި ފާހަގަކޮށްލެވޭ އެ ހާދިސާ އަކީ 19 ދިވެއްސަކު ޝަހީދު ވެސް ވި ހާދިސާއެކެވެ.
މި ހާދިސާއާ ގުޅުވައި ސަލްމާން ފިލްމެއް ކުޅޭ އިރު، "އޮޕަރޭޝަން ކެކްޓްސް" އަށް ބިނާކޮށް ހަދާ ފިލްމެއް ޝާހިދު ކަޕޫރް ކުޅެން އުޅޭކަމުގެ ވާހަކަތަކެއް ވެސް 2020 ގައި ވަރަށް ބޮޑަށް ދެކެވިފައިވެ އެވެ.