އިނގިރޭސިވިލާތުގެ ލަންޑަންގައި ހުންނަ ބީބީސީގެ ހެޑްކުއާޓަރަށް ބަޔަކު ރަތްކުލަ ޖަހައިފި އެވެ.
ރޭގެ މި ހާދިސާގައި އެތަނުގެ ބޭރު ފާރަށާއި އޮފީހުގެ މައި ދޮރުތަކާއި ދޮރުތަކުގެ ކުރިމައްޗަށް ވެސް ކުލަ ޖަހާފައިވެ އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ހުޅަނގުގެ އެންމެ ނުފޫޒު ގަދަ މީޑިއާތަކުގެ ތެރޭގައި ހިމެނޭ ބީބީސީގެ ހެޑްކުއާޓަރަށް ބަޔަކު ކުލަ ޖެހެނީ އެތަނުގެ ގެނެސްދޭ ޚަބަރުތަކުގައި ހަމާސް ޖަމާއަތް ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ސިފަނުކުރާތީ އެކަމާ ހިތްހަމަނުޖެހިގެންނެވެ.
Just arrived at work. This is the front entrance to BBC this morning pic.twitter.com/BHkyAtKZWF
— Victoria Derbyshire (@vicderbyshire) October 14, 2023
ބީބީސީގެ ހެޑްކުއާޓަރަށް ދިން ހަމަލާއާ ގުޅިގެން ބީބީސީން ވަކި އެއްޗެއް ނުބުނެ އެވެ.
BBC New Broadcasting House has been sprayed with red paint overnight. https://t.co/f0Wf5yqXUi
— Scott Bryan (@scottygb) October 14, 2023
ހަމާސް އަކީ މި މަހުގެ 7 ގައި އިޒްރޭލަށް ވަރުގަދަ ހަމަލާތެއް ދީ، އަނިޔާވެރި ޔަހޫދީ ދައުލަތް ކުޑަކަކޫ މައްޗަށް ތިރިކުރި ޖަމާއަތެވެ. މިފަދަ ވަރުގަދަ ހަމަލާތަކެއް އިޒްރޭލަށް ދީފައި މި ވަނީ ވަރަށް ގިނަ އަހަރުތަކެއް ފަހުންނެވެ. މިކަމާ ގުޅިގެން އިޒްރޭލުން މިހާރު ވަނީ ފަލަސްތީނާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށް، ލާއިންސާނީ އެތައް ޖަރީމާތަކެއް ހިންގަމުންނެވެ.
އިޒްރޭލަކީ ފެށުނީއްސުރެ ފަލަސްތީނުގެ ބިންތައް ފޭރި ގަނެ، އެ ގައުމުގެ ރައްޔިތުންގެ އެތައް ހައްގުތަކެއް ނިގުޅައިގެންފައިވާ ބައެކެވެ.