މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓްގެ މަގާމުގައި ހުރި ސަފާތު އަހުމަދު ޒާހިރު ރައްޔިތުންގެ މަޖިލީހަށް ވާދަކުރާކަން ހާމަކޮށްފިއެވެ.
ސަފާތު ވިދާޅުވެފައިވަނީ 2024 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހުޅުމާލެ މެދު ދާއިރާއަށް އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލުމަށްޓަކައި، އެމްޑީޕީގެ ޕްރައިމައިރީގައި ވާދަކުރުމަށް ނިންމާފައިވާ ކަމަށެވެ.
﷽
ހުޅުމާލެ މެދު ދާއިރާގެ ގިނަ ރައްޔިތުންނާއި ބައްދަލުކުރުމަށް ފަހު، ދާއިރާގެ ލޮބުވެތި ރައްޔިތުން އަދި ވަކިން ހާއްސަކޮށް އަންހެނުންނާއި ޒުވާނުންނާއި މަޝްވަރާކުރުމަށްފަހު، 2024 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހުޅުމާލެ މެދު ދާއިރާ (T16)… pic.twitter.com/wAU68zAwel— Safaath Ahmed (@safaathahmed) October 15, 2023
ސަފާތަކީ ވުމަން އެންޑް ޑިމޮކްރަސީ ޖަމްޢިއްޔާގެ ފައުންޑަރ އަދި ރައީސްއެވެ. އަދި ރައީސް އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރގެ މަޤާމު ފުރުއްވުމާއި ފައިނޭންޝިއަލް އެނަލިސްޓެއްގެ ގޮތުގައާއި ބިޒްނަސް އެނަލިސްޓެއްގެ ގޮތުގައި ސަފާތު މަސައްކަތް ކުރައްވާފައިވެއެވެ. އަދި ކޮމަންވެލްތު ފައުންޑޭޝަނުން އެކުލަވައިލާ މަދަނީ ޖަމިއްޔާތަކާއިބެހޭ ހާއްސަ ބޯޑުން އޭޝިޔާ ތަމްސީލުކޮށްދޭ ގަވަރުނަރުގެ ގޮތުގައިވެސް ސަފާތުވަނީ އައްޔަނު ކޮށްފައެވެ.
2024 ވަނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހަށް ވާދަކުރާނެކަން މިހާރުވެސް ބައެއް ފަރާތްތަކުން އަންނަނީ ހާމަކުރަމުންނެވެ.
ޤާނޫނުއަސާސީގައި މިހާރު އޮތްގޮތުން ކޮންމެ 5000 މީހުންގެ އާބާދީއަކަށް މަޖިލިސް މެންބަރަކު ހުންނަންޖެހެއެވެ. އެހެން އޮތުމުން ކޮންމެ މަޖިލިސް އިންތިހާބަކަށް އަންނައިރު މެންބަރުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އިލެކްޝަންސް ކޮމިޝަނުން އެންމެފަހުން ހާމަކުރިގޮތުގައި އަންނަ މަޖިލިސް އިންތިހާބަށް އިދާރީ 93 ދާއިރާ އަކަށް މެމްބަރުން އިންތިހާބު ކުރަންޖެހެއެވެ. މިހާރު މަޖިލީހުގައި ތިބެނީ 87 މެންބަރުންނެވެ.