Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

ގެއްލުނު މަސްވެރިޔާ އަދިވެސް ނުފެނޭ

އަމިއްލަ ދޯންޏެއްގައި އެކަނި މަހަށް ނުކުމެ އުޅެނިކޮށް އިއްޔެ ގެއްލުނު މީހާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީފުން ބުނެފި އެވެ.

މަހަށް ނުކުމެ އުޅެނިކޮށް، ގެއްލިގެން އިއްޔެ ހެނދުނު 11:00 އެހާކަށްހާ އިރު، ރިޕޯޓްކުރުމާ ގުޅިގެން ހޯދަމުން އަންނަނީ އދ. ދަނގެތި، މޫންލައިޓް، ޔޫސުފް އިބްރާހީމް، 68، އެވެ.

އެމްއެންޑީފުން ބުނީ އޭނަ ހޯދުމުގެ މަސައްކަތަށް ޑޯނިއާ މަތިންދާ ބޯޓު ވެސް ހަރަކާތްތެރިވާން ފަށާފައިވާ ކަމަށާއިއިއްޔެ އިން ފެށިގެން ކަނޑު މަގުން ވެސް ޔޫސުފް ހޯދުމުގެ މަސައްކަތް ހުއްޓާ ނުލައި ކުރިއަށްދާ ކަމަށެވެ.

އޭނަ ގެއްލިގެން ރިޕޯޓްކުރި އިރު، މަހަށް ދޯނި އޮޔާ ދަނިކޮށް ފެނިފައިވާ ކަމަށް ދަނގެތީ ކައުންސިލުން އިއްޔެ ބުންޏެވެ.