Last Updated: July 17, 18:07
Saturday, July 18, 2026
ދުނިޔެ

އަފްގާނިސްތާނަށް އަނެއްކާ ވެސް ބިންހެލުމެއް

އަފްގާނިސްތާނަށް އަނެއްކާ ވެސް ބިންހެލުމެއް އައިސްފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރިކްޓާ މިންގަނޑުން 6.3 ބާރު މިނުގައި މި ބިންހެލުން އައީ އަފްގާނިސްތާންގެ ހުޅަނގު ސަރަޖައްދެއް ކަމަށްވާ ހީރަތުގެ ކައިރިއަށެވެ. ނަމަވެސް ބިންހެލުމާ ގުޅިގެން އެއްވެސް މީހަކަށް ގެއްލުމެއް ލިބުނުކަމުގެ މައުލޫމާތެއް އަދި ނުލިބެ އެވެ.

މިދިޔަ ހަފުތާގެ ބުދަ ދުވަހު އައި ބިންހެލުމުގައި 2،000 އަށް ވުރެ ގިނަ މީހުން މަރުވި އިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށް ޔުނިސެފުން ބުނެފައިވެ އެވެ.

ފަހަކަށް އައިސް އަފްގާނިސްތާނަށް ބިންހެލުން އައުން ވަރަށް އާންމެވެ.