Last Updated: May 9, 05:45
Friday, May 9, 2025
ޚަބަރު

ކުންފުނިތަކަށް އޮތް ފައިސާގެ ދަތިކަން ފާހަގަކޮށްފި

މަޝްރޫއުތައް ހިންގުމުން ސަރުކާރުގެ ކުންފުނިތަކަށް ލިބެން ޖެހޭ ފައިސާ ނުލިބުމުގެ ސަބަބުން ކުންފުނިތަކަށް ފައިސާގެ ދަތިކަން ކުރިމަތިވެފައިވާކަން އިންތިގާލީ ކޮމިޓީތަކަށް ފާހަގަ ކުރެވިފައިވާ ކަމަށް ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.

ޓްރާންސިޝަން ސްޕޯކްސްޕާސަން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިރުޒުލް ވިދާޅުވީ ޓްރާންސިޝަން މަރުހަލާގެ ތެރެއިން ޒިޔާރަތް ކުރަންޖެހޭ ގިނަ އިދާރާތަކަށް މިހާރު ޒިޔާރާތް ކޮށްފައިވާ ކަމަށެވެ.

ފިރުޒުލް ވިދާޅުވީ ސަރުކާރުގެ މަޝްރޫއުތައް ހިންގުމަށް ފަހު ކުންފުނިތަކަށް ލިބެން ޖެހޭ ފައިސާ ނުވަތަ މަޝްރޫއުތަކުގެ އަގު ނުލިބި ވަަރަށް ބޮޑު އަދަދުތަކެއް ހުރިކަމަށެވެ. އެކަމުގެ ސަބަބުން، އެ ކުންފުނިތަކުގެ ކޭޝް ފްލޯއަށް ވަރަށް ބޮޑަށް ދަތިވެފައިވާކަން ކުންފުނިތަކުން ފާހަގަކުރައްވާ ކަމަށް ވިދާޅުވިއެވެ.

މިކަމުގެ ސަބަބުން ކުރިއަށް އޮތް ދެ މަހު ކުންފުނިތަކުގެ އޮޕަރޭޝަން ހިންގަން ވެސް ގިނަ އަދަދެއްގެ ފައިސާ އިންޖެކްޓު ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

އިންތިގާލީ މަރުހަލާގައި ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން އެކި ކޮމިޓީތައް އެކުލަވާލާ ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކާ އަންނަނީ ބައްދަލުވުންތައް ބާއްވަމުންނެވެ.