Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

ފުޅަދޫ ކައުންސިލްގެ ރައީސް ޕީއެންސީ އަށް

ބ. ފުޅަދޫ ކައުންސިލްގެ ރައީސް އަލީ އަޒުހަރު، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނިސްބަތްވެވަޑައިގަންނަވާ ޕީއެންސީއަށް ސޮއިކުރައްވައިފިއެވެ.

އަލީ އަޒުހަރު މީގެ ކުރިން ހުންނެވީ އެމްޑީޕީގައެވެ. މިއަދު އަޒުހަރު ޕީއެންސީއަށް ސޮއިކުރައްވާ ފޯމު އަރުވާފައިވަނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަތްޕުޅަށެވެ.

ފުޅަދޫ ކައުންސިލްއަށް 2020 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި އިންތިހާބުވި ހުރިހާ ކެންޑިޑޭޓުންނަކީވެސް އެމްޑީޕީއަށް ނިސްބަތްވާ ކެންޑިޑޭޓުންނެވެ.

އިންތިހާބީ ރައީސް ޑރ. މުއިއްޒުއަކީ މިވަގުތު ޕީއެންސީގެ ރައީސް އެވެ. އަދި އެޕާޓީ އުފެދުނުއިރު ރައީސްގެ މަގާމުގައި ހުންނެވި އަބްދުއްރަހީމް އަބްދުﷲ މިހާރު ހުންނެވީ ޕާޓީގެ ޗެއާޕާސަންގެ މަގާމުގައެވެ.

ޑރ. މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ 129،159 ވޯޓުންނެވެ. މުއިއްޒުއާ ވާދަކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 109،868 ވޯޓެވެ. މުއިއްޒު ރައީސުލްޖުމްހޫރިއްޔާގެ ހުވާކުރެއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 17 ވަނަ ދުވަހުއެވެ.