Last Updated: June 6, 09:42
Saturday, June 6, 2026
ޚަބަރު

ގަހެއްގެ ފޮޓޯއެއް ނަގައިގެން އުރީދޫން ސްމާޓް ޕޮޓެއް

ޤައުމީ ދަނޑުވެރިކަމުގެ ދުވަހާއި ގުޅުވައިގެން ގަސް އިންދާ ސްމާޓް ޕޮޓެއް ހޯދުމުގެ ފުރުސަތު އުރީދޫއިން ހުޅުވާލައިފިއެވެ.

މި ޕޮޓް ހޯދުމަށް މާ ބޮޑު ކަމެއް ކުރަން ނުޖެހެއެވެ. ގޭގައި އިންދާފައި ގަހެއްގެ ފޮޓޯއެއް ނަގާލަންވީއެވެ. އަދި ފޮޓޯ ޕޯސްޓް ސޯޝަލް މީޑިއާގައި ޕޯސްޓް ކޮށްލަންވީއެވެ. ޕޯސްޓް ކުރާއިރު ހޭޝްޓެގް "ގްރޯ ވިތް އުރީދޫ" ބޭނުންކޮށް އުރީދޫ އަދި ޒުވާން ދަނޑުވެރިޔާ ޓެގް ކޮށްލަންވީއެވެ. އުރީދޫއިން މި ފުރުސަތު ހުޅުވާލާފައި ވަނީ މިއަދުން ފެށިން މިމަހުގެ 21 ގެ ނިޔަލަށެވެ.


އުރީދޫއިން ހުޅުވާލި މި ފުރުސަތުގައި ދޭ ސްމާޓް ޕޮޓަކީ "ގްރޯ ވިތު އުރީދޫ" ގެ އެމްބެސެޑަރ ޒުވާން ދަނޑުވެރިޔާ އަބްދުﷲ ރަމްޒީގެ ފަރާތުން ދޭ ނަސީބު ވެރިފަރާތަކަށް ދޭ ހަދިޔާއެއް ކަމަށް އުރީދޫއިން ބުނެއެވެ،

އުރީދޫއިން މިއަހަރަށް ކަނޑައެޅި ޝިޢާރު ގްރޯ ވިތު އުރީދޫގެ ދަށުން އަހަރު ފެށުނު އިރު ވަނީ ކަލަނޑަރެއް ވެސް ނެރެފައެވެ.