Last Updated: July 24, 10:29
Friday, July 24, 2026
މުނިފޫހިފިލުވުން

"ބިގް ބޮސް 17" ފަށައިފި

ދެމަފިރިންނާއި ލޯބިވެރިންގެ ޖޯޑުތަކެއް ވެސް ވާދަކުރާ ގޮތަށް ކަލާސްގެ ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ 17 ވަނަ ސީޒަން ރޭ ފަށައިފި އެވެ.

ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާން ހޯސްޓްކުރާ ޝޯގެ ރޭގެ ޕްރީމިއާގައި ވަނީ މި ސީޒަންގައި ވާދަކުރާ ބައިވެރިން ދައްކާލައިފި އެވެ.

މީގެ ތެރޭގައި ދެމަފިރިންގެ ގޮތުގަ އާއި ލޯބިވެރިންގެ ގޮތުގައި ޝޯގައި ވާދަކުރާ ޖޯޑުތަކުގެ ތެރޭގައި އިއްޔެ ރޭ ކަލާސް އިން ނިންމައިލި ޝޯ "ހަތުރޯން ކޭ ކިލާޅީ" ސީޒަން 13 ގެ ތިން ވަނަ ހޯދި ޓީވީ ބަތަލާ އައިޝްވާރިއާ ޝަރުމާ އާއި ފިރިމީހާ ޓީވީ އެކްޓަރު ނީލް ބަޓާއި ޓީވީ ބަތަލާ އަންކިތާ ލޯކަންދޭ އާއި ފިރިމީހާ ވިކީ ޖެއިން އާއި އީޝާ މަލްވިއާ އާއި އަބީޝެން ކުމާރު ހިމެނެ އެވެ.

ޝޯގެ އިތުރު ބައިވެރިންގެ ތެރޭގައި ޕްރިޔަންކާ އާއި ޕަރިނީތީ ޗޯޕްޅާގެ ކަޒިންއެއް ކަމަށްވާ މަނާރާ ޗޯޕްޅާ އާއި މުނައްވަރު ފާރޫގީ އާއި ޖިގްނާ ވޯރާ އާއި ރިންކޫ ދަވަން އާއި އަރޫން މަޝެޓީ އާއި ޚާންޒާދީ އާއި ސަނީ އަރިއާ އާއި ސޯނިއާ ބަންސަލް އާއި ސަނާ ރައީސް ޚާނާއި އަނޫރާގް ދޯބަލްގެ އިތުރުން ނަވީދު ސޯލޭ ހިމެނެ އެވެ.

ކުރީގެ ސީޒަންތަކާ އެއްގޮތަށް މި ފަހަރު ވެސް "ބިގް ބޮސް" ގެ ވަރަށް ޗާލުކޮށް ތައްޔާރުކޮށްފައިިވެ އެވެ. އެކަމަކު ކުރިއާ ހިލާފަށް މި ސީޒަންގައި ގެ ތިން ބަޔަކަށް ބަހާލާފައިވާ އިރު، ބައިވެރިންނަށް އެ މީހަކު ބޭނުން ބައެއް އިހުތިޔާރު ކުރުމުގެ ފުރުސަތު ވެސް ދީފައިވެ އެވެ.

"ބިގް ބޮސް 17" ގެ އެޕިސޯޑްތައް ކަލާސް އިން ހަފުތާގެ ހުރިހާ ރެއެއްގައި ގެނެސްދޭނެ އެވެ.

މި ޝޯގެ އެންމެ ފަހުގެ ސީޒަން ކާމިޔާބުކުރީ ރެޕާ ސްޓޭން އެވެ.