Last Updated: July 17, 18:07
Saturday, July 18, 2026
ދުނިޔެ

އިކްއެޑޯ އަށް ޒުވާން އާ ރައީސެއް

ދެކުނު އެމެރިކާގެ ގައުމެއް ކަމަށްވާ އިކްއެޑޯ އަށް އާ ރައީސަކު އިންތިހާބުކޮށްފި އެވެ.

އާދީއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބަކީ 2021 ގެ މެއި މަހުގެ ތެރޭގައި ރައީސްކަމާ ހަވާލުވެވަޑައިގަތް ގްލިމޯ ލަސޯ، 67، ގެ މައްޗަށް ކުރެވެން ފެށި ތުހުމަތުތަކާ ގުޅިގެން އޭނަގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓަށް ނަގަން އުޅޭތީ އެކަމަށް ފުރުސަތު ނުދެއްވަން އިންތިހާބަށް ގޮވާލުމާ ގުޅިގެން ބޭއްވި އިންތިހާބެކެވެ.

މި އިންތިހާބު ކާމިޔާބުކޮށްފައި ވަނީ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ވެސް ހުންނެވި ނުފޫޒު ގަދަ ޒުވާން ވިޔަފާވެރިއެއް ކަމަށްވާ އުމުރުން 35 އަހަރުގެ ޑެނިއަލް ނޮބޯއާ އެވެ. އޭނަ އިންތިހާބު ކާމިޔާބުކުރެއްވީ ވޯޓްލީ މީހުންގެ 52 ޕަސެންޓާ އެކީގަ އެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުން އިދިކޮޅު ކެންޑިޑޭޓް ލުއިޒާ އަށް ލިބިވަޑައިގެންނެވީ 48 ޕަސެންޓެވެ.

އިންތިހާބު ކާމިޔާވުމާ ގުޅިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވައި އިންތިހާބީ ރައީސް ވިދާޅުވީ ދެން އޮތީ އިކްއެޑޯ އާ ހަރުފަތަކަށް ގެންދިއުން ކަމަށެވެ.

އެގޮތުން ވެރިކަމުގެ ޒިންމާތަކާ ހަވާލުވެވަޑައިގަންނަވާ ވަގުތުން ފެށިގެން ގައުމު ބިނާކޮށް އާރާސްތުކޮށް، އިގުތިސާދު ކޮޅަށް ޖައްސަވާނެ ކަމަށް ވިދާޅުވި އެވެ. ނޮބޯއާ ވިދާޅުވި ގޮތުގައި އިކްއެޑޯ މިހާރު އޮތް އިގުތިސާދީ ދަތި ހާލަތުން ސަލާމަތްކުރުމަކީ އެންމެ އިސްކަން ދެއްވާނެ އެއް ކަންތަކެވެ.

އޭނަ ވިދާޅުވި ގޮތުގައި ގައުމު މިހާރު އޮތީ ވަރށް ގިނަ ކަންކަމުން ހަމައަކަށް އަޅުވަން ޖެހިފަ އެވެ. އެގޮތުން ގައުމަށް ހަމަޖެހުމާއި ސުލްހަމަސަލަސް ގެނައުމަށް ކުށް މަދުކިކޮށް އަމާން ވެއްޓެއް ގާއިމުކުރަން ވަރަށް ބޮޑަށް ޖެހޭ ކަމަށް ވިދާޅުވި އެވެ.

"އަހަރެން މި ފަށައި ގަންނަނީ ގައުމާގައިގެން ކުރިއަށް ގެންދިއުމުގެ މަސައްކަތް،" އިކްއެޑޯގެ އައްސޭރި ފަށުގެ އަވަށެއް ކަމަށްވާ އޮލޯންގައި ސަޕޯޓަރުންނާ އެކީ ބޭއްވި އެއްވުމެއްގައި ނޮބޯއާ ވިދާޅުވި އެވެ. "އެ މަސައްކަތުގައި ހޯދާ ކުރިއެރުންތަކުން ދުނިޔެ އަށް ނަމޫނާ ދައްކަން ބޭނުން."

ލަސޯގެ ދައުރުން ބާކީ އޮތް މުއްދަތާ އެކީ އާ ރައީސަށް ވެރިކަން ކުރައްވަން ލިބިވަޑައިގަންނަވާނީ 17 މަސް ދުވަހެވެ. އެގޮތުން އަންނަ މަހުގެ 25 އިން ފެށިގެން 2025 ގެ މެއި މަހާ ހަމައަށް ނޮބޯއާ ރައީސްކަން ކުރައްވާނެ އެވެ.

އިކްއެޑޯގެ އެންމެ ޒުވާން ރައީސްގެ މަގާމު ލިބިވަޑައިގަތް ނޮބޯއާ ވަނީ 2025 ގެ އިންތިހާބަށް ވެސް ވާދަކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އޭނަ އަށް ގައުމުގެ ވެރިކަން ވެރިކަން މި ލިބިވަޑައިގެންނެވި އިރު، ބައްޕަ އަދި ދޮންކޭލުގެ ވިޔަފާވެރިޔާ އަލްވާރޯ ނޮބޯއާ އެކީ ފަހަރު މަތިން ރައީސް ކަމަށް ވާދަކޮށްފައިވާ މީހެކެވެ.

އެހެންވެ ޒުވާން ނޮބޯއާ މި ވަނީ އާއިލީ ހުވަފެނެއް ހަގީގަތަކަށް ހައްދަވައި ދެއްވައިފަ އެވެ.