Last Updated: May 9, 05:45
Friday, May 9, 2025
ޚަބަރު

އިންޑަސްޓްރިއަލް ރިލޭޝަންސް ބިލު ފާސްނުވެ ގިނަ ދުވަސްވާތީ ކަންބޮޑުވުން

މެންބަރު އިބްރާހިމް ޝަރީފް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އިންޑަސްޓްރިއަލް ރިލޭޝަންސްއާ ބެހޭ ބިލު ފާސްނުވެ ގިނަ ދުވަސްވާތީ މެންބަރު އިބްރާހިމް ޝަރީފް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިންޑަސްޓްރިއަލް ރިލޭޝަންސްއާ ބެހޭ ބިލުގެ ބަހުސް ކުރިއަށް ގެންގޮސްފައެވެ. މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ މާޗް 20 ވަނަ ދުވަހުއެވެ. މި ބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ސަރުކާރުގެ ފަރާތުން މެންބަރު އިބްރާހިމް ޝަރީފެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެންބަރު ޝަރީފް ވިދާޅުވީ މި ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައި އޮންނަތާ ގިނަ ދުވަސްވެފައިވާއިރުވެސް އެ ބިލުގައި ހުރި މުހިންމު ބައިތަކާމެދު ބަސްހުކުރުމުގެ ބަދަލުގައި، އެހެން ސިޔާސީ މަޤްސަދެއް ހާސިލުކުރުމަށްޓަކައި އެހެން ކަންކަމާމެދު މަޖިލީހުގައި ބަހުސް ކުރެވޭ ކަމަށެވެ.

ޝަރީފް ވިދާޅުވި ސިޔާސީ ނުތަނަވަސްކަމުގައި އުފެދޭ ކަންކަމުގެ ވާހަކަ މަޖިލީހުގައި ދެއްކުމަށްވުރެއް މިފަދަ ބިލުތައް މަޖިލީހަށް ބަލަައިގަނެ ޤާނޫނެއްގެ ސިފަ ގެނައުމަށް ކުރަންޖެހޭ މަސައްކަތް ކުރުން މާބޮޑަށް މުހިންމު ކަމަށެވެ.

ޝަރީފް ވަނީ އިންޑަސްޓްރިއަލް ރިލޭޝަންސްއާ ބެހޭ ބިލު ރިޔާސަތުން ލަސްކުރާ ކަމަށް ތުހުމަތު ކުރައްވާ، އެ ބިލު ވޯޓަކާ ހަމައަށް ގެންދިއުމަށް ގޮވާލައްވާފައެވެ.