Last Updated: June 15, 00:02
Sunday, June 14, 2026
ޚަބަރު

އައްޑޫ ހޮސްޕިޓަލަށް އާ އެފްބީ ޕޭޖެއް

މިއަދުން ފެށިގެން އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ބޭނުން ކުރާނީ އާ ފޭސްބުކް ޕޭޖެއް ކަމަށް އެތަނުން ބުނެފި އެވެ.

މި ބަދަލާ އެކީ މިއަދުން ފެށިގެން ކުރިން ބޭނުން ކުރަމުން އައި ޕޭޖް އެކްޓިވް ނުވާނެ ކަމަށް ހޮސްޕިޓަލުން ބުންޏެވެ. އޭއީއެޗުން ބުނީ އާ ފޭސްބުކް ޕޭޖެއް ހެދީ ކަސްޓަމަރުންނަށް އިތުރު ފަސޭހަތަކެއް ގެނެސްދިނުމުގެ ގޮތުން ކަމަށެވެ.

އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލްގެ ނަމުގައި ހިންގަމުން އައި ފޭސްބުކް ޕޭޖަކީ ހޮސްޕިޓަލްތަކުގެ އާންމު އެނައުންސްމަންޓްތަލާއި ހޮސްޕިޓަލްގެ އެކި އިވެންޓްތަކާ ބެހޭ މައުލޫމާތާއި ފޮޓޯ އާއި ވީޑިއޯ ފަދަ ކޮންޓެންޓްތައް ވަރަށް އަޕްޑޭޓްކޮށް ގެނެސްދޭ ޕޭޖެކެވެ.

ފޭސްބުކްގެ އިތުރުން އޭއީއެޗުން އިންސްޓަގްރާމާއި އެކްސް ވެސް ބޭނުން ކުރެ އެވެ.