Last Updated: May 9, 05:45
Friday, May 9, 2025
ޚަބަރު

ރާއްޖެ އިސްލާމްވި ދުވަހުގެ ރަސްމީ ޖަލްސާ މިރޭ

ރާއްޖެ އިސްލާމްވީ ދުވަހުގެ ރަސްމީ ޖަލްސާ 2018- ފޮޓޯ: ރައީސް އޮފީސް

ރާއްޖެ އިސްލާމްވި ދުވަހުގެ ރަސްމީ ޖަލްސާ މިރޭ ބޭއްވުމަށް ހަމަޖައްސައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ ރާއްޖެ އިސްލާމްވި ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ މިރޭ 8:30 ގައި އިސްލާމީ މަރުކަޒުގެ ހޯލުގައި ކަމަށެވެ.

މި ޖަލްސާގައި ރާއްޖެ އިސްލާމްވި ދުވަހާ ގުޅޭގޮތުން ހާއްސަ ޕްރެޒެންޓޭޝަނެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. އަދި ދުވަހާ ގުޅޭ ވީޑިއޯ ރިޕޯޓެއް ދެއްކުންވެސް ހިމެނެއެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ރަބީޢުލްއާޚިރު މަހުގެ 2 ވަނަ ދުވަހެވެ. މި ދުވަސް މިގޮތަށް ފާހަގަކުރެވެނީ އެއިރު ރަސްކަމުގައި ހުންނެވި މަހާރަދުން އިސްލާމްދީން ޤަބޫލުފުޅު ކުރައްވައި، ދިވެހިރާއްޖޭގެ ރައްޔިތުން އެ ދީނަށް އެނބުރުމަށް 548 ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހުގެ ކުރީކޮޅުގެ އަމުރުކުރެއްވުމުންނެވެ.