Last Updated: July 17, 18:07
Saturday, July 18, 2026
ދުނިޔެ

ޗައިނާ ބޭންކްގެ ކުރީގެ ވެރިޔާ ހައްޔަރުކޮށްފި

ކޮރަޕްޝަންގެ ދައުވާތަކާ ގުޅިގެން މި އަހަރުގެ ކުރީކޮޅު އިސްތިއުފާ ދެއްވި ބޭންކް އޮފް ޗައިނާގެ ކުރީގެ ޗެއާމަން ލިއު ލިއަންގީ ހައްޔަރުކޮށްފި އެވެ.

އޭނަގެ މައްޗަށް ރިޝްވަތާއި ނުހައްގުން ލޯންތަކެއް ދިނުމުގެ ތުހުމަތުތަކެއް ކުރެވުމާ ގުޅިގެން މަގާމުން އިސްތިއުފާ ދެއްވީ މި އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ. ޗައިނާ ސަރުކާރު ހިއްސާވާ ބޭންކްގެ ޗެއާމަނަކަށް ލިއު، 62 އައްޔަންކުރީ 2019 ގަ އެވެ. އޭނަގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަންގެ ދައުވާތަކާ ގުޅިގެން ހައްޔަރުކޮށްފައި މި ވަނީ ޗައިނާގެ ވެރިކަން ކުރާ، ކޮމިއުނިސްޓް ޕާޓީން ވެސް ބޭރުކޮށްލެއްވިތާ ހަފުތާއެއްހާ ދުވަސް ފަހުންނެވެ.

ކަމާބެހޭ އިދާރާތާކުން ބުނެފައިވާ ގޮތުގައި ލިއު ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން ޗައިނާގެ ފައިނޭންޝަލް ސެކްޓަރަށް އެކަމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކޮށްފައިވެ އެވެ.

ޗައިނާގެ މާލީ ދާއިރާގެ އެންމެ ނުފޫޒު ގަދަ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ލިއު އަކީ ޗައިނާގެ މަރުކަޒީ ބޭންކާއި އެކްޕޯސްޓް-އިމްޕޯޓް ބޭންކް އޮފް ޗައިނާގެ އިސް މަގާމުތަކެއް ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.