Last Updated: May 9, 05:45
Friday, May 9, 2025
ޚަބަރު

ބްރިޖުގައި ގަވައިދާ ހިލާފުވި 120 މީހަކަށް ނަސޭހަތުގެ މެސެޖު

ބްރިޖުގައި ގަވައިދާ ހިލާފަށް ދުއްވި 120 މީހުނަށް ނަސޭހަތުގެ މެސެޖު ފޮނުވައިފިއެވެ.

ފުލުހުން ބުނެފައިވަނީ އިއްޔެ ހެނދުނު 07:30 އިން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި، ސިނަމާލެ ބްރިޖްގައި ދުއްވަން ހުއްދަ ކޮށްފައިވާ ސްޕީޑަށްވުރެ ބާރަށް ދުއްވުމާއި ގަވާއިދާ ހިލާފަށް ލޭން ބަދަލުކުރުމާ ގުޅިގެން، 120 ނަސޭހަތުގެ މެސެޖް ފޮނުވާފައިވާ ކަމަށެވެ.

ސިނަމާލެ ބްރިޖުގައި ދުއްވަން ހުއްދަ ކުރެވިފައިވާ ސްޕީޑަށްވުރެއް ބާރަށް ދުއްވާ އުޅަނދުތަކާއި ގަވައިދާ ހިލާފަށް ލޭން ބަދަލުކުރާ އުލަނދުތަައް ދެނެގަނެ އަދި އުޅަނދެއް ދުއްވި ބާރުމިން އެނގޭގޮތަށް އެ އުޅަނދެއް ރަޖިސްޓްރީ ކޮށްފައިވާ ފަރާތުގެ ފޯމަށް ނަސޭހަތުގެ މެސެޖު ފުލުހުން ފޮނުވަން ފަށާފައިވަނީ އޮކްޓޯބަރު 15 ވަނަ ދުވަހުން ފެށިގެންނެެވެ

ފުލުހުން ބުނެފައިވަނީ އުޅަންދު ދުއްވި ބާރުމިނާއި ލޭން ބަދަލުކުރިކަން ދެނެގަންނަނީ ސިނަމާލެ ބްރިޖުގައި ހަރުކޮށްފައިވާ ސްޕީޑް ބަލާ ކެމެރާތައް މެދުވެރިކޮށް ކަމަށެވެ.