ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު، ބްރިގޭޑިއަރ ޖެނެރަލް ރިޓަޔާޑް އިބްރާހިމް މުޙައްމަދު ދީދީގެ ސިއްހީ ހާލުކޮޅު ދެރަވެގެން އައިޖީއެމްއެޗްގެ އައިސީޔޫގައި އެޑްމިޓްކޮށް ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދަން ނިންމާފައިވާ ކަމަށް އޭނާގެ އާއިލާއިން ބުނެފި އެވެ.
މެންބަރު ދީދީ ރާއްޖެއިން ބޭރަށް ގެންދިއުމަށް އާއިލާއިން ނިންމާފައިވީ ނަމަވެސް ގެންދަވަނީ ކޮން ގައުމަކަށް ކަމެއް އާއިލާ އިން ހާމަ ކޮށްފައެއް ނުވެއެވެ. އަދި ދީދީ މިއަދު ރާއްޖެއިން ބޭރަށް ގެންދެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އާއިލާއިން ވަނީ ބުނެފައެވެ.
އާއިލާ އިން ބުނީ އެގޮތަށް ރާއްޖެއިން ބޭރަށް ގެންދިޔުމަށް ޑޮކްޓަރުން ލަފާ ދެއްވީ ރާއްޖެއިން ނެހެދޭ ބައެއް ޓެސްޓްތައް ހުރުމުން ކަމަށެވެ.
އޭނާ އައިސީޔޫގައި އޮންނެވި އިރު، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) 2012 ގައި ހައްޔަރު ކުރި މައްސަލައިގައި، އެމްއެންޑީއެފްގެ މާލޭ އޭރިޔާ ކޮމާންޑަރަކަށް އޭރު ހުންނެވި އިބްރާހީމްދދީގެ މައްޗަށް ދައުލަތުން ވަނީ ޓެރަރިޒަމްގެ ދައުވާ މިދިޔަ ހަފުތާގައި ކޮށްފަ އެވެ