ސ. މަރަދޫ "ހިޔައު" ޖަމިއްޔާ އިން އިންތިޒާމުކޮށްގެން އެ ރަށުގައިި ޕޭސްޓްރީ ކޯހެއް ހިންގައިފި އެވެ.
އެ ޖަމިއްޔާގެ އޮފިޝަލަކު ބުނީ 15 ދުވަހުގެ މުއްދަތަށް ހިންގި ކޯހުގައި އައްޑޫގެ އެކި ރަށްރަށުން 29 މީހުން ބައިވެރިވެ ސެޓްފިކެޓް ހާސިލްކޮށްފައިވާ ކަމަށެވެ.
މި ކޯހަކީ އަންހެނުންނަށް ފުދުންތެރިންގެ އުތުރުކޮށް އާމްދަނި ހޯދޭނެ ގޮތްތަކެއް ފަހިކޮށް ދިނުމުގެ ފޮތުން ހިންގި ކޯހެއް ކަމަށް ހިޔައު ޖަމިއްޔާ އިން ބުންޏެވެ. ކޯސް ނިމުމާ ގުޅިގެން އިއްޔެ ވަނީ އިއްޔެ ވަނީ ކާބޯތަކެތީގެ މަައުރަޒެއް ވެސް ބާއްވައިފަ އެވެ.
ހިޔައު ޖަމިއްޔާ އިން ބުނީ މައުރަޒުގައި މުޅިން ވެސް ބައިވެރިކޮށްފައި ވަނީ ކޯހުގެ ބައިވެރިންގެ އުފެއްދުންތައް ކަމަށެވެ.
އެގޮތުން ތަކެތި ވިއްކައިގެން ލިބުނު ފައިސާގެ ވަކި ޕަސެންޓެއް ހިޔައު ޖަމިއްޔާއިން ހިންގުމަށް ނިންމާފައިވާ ކޭކް ޑެކަރޭޝަން ކޯހަކަށް ހަރަދު ކުރުމަށް ނިންމާފައިވާ ކަމަށް ވެސް އެޖަމިއްޔާ އިން ބުންޏެވެ.