Last Updated: July 17, 18:07
Saturday, July 18, 2026
ދުނިޔެ

އެއާ އޭޝިއާގެ ސީއީއޯގެ މީޓިން މަސާޖްކުރުވަމުން!

މެލޭޝިއާގެ މަޝްހޫރު އެއާލައިނެއް ކަމަށްވާ އެއާ އޭޝިއާގެ ސީއީއޯ ޓޯނީ ފެނަންޑޭޒް މަސާޖްކުރުވަމުން މެޖޭމަންޓްގެ މީޓިންއެއް ބޭއްވި މަންޒަރު ފެންނަން ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމުކުރުމުން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.

އޭނަގެ ލިންކްޑްއިން ޕޯސްޓްކޮށްފައިވާ ފޮޓޯގައި ފެންނަނީ އޮފީހެއްގެ ކެބިންގެ ތެރޭގައި މޭޒުމަތީގައި ބަހައްޓާފައި އިން ޓެބްލެޓެއް މެދުވެރިކޮށް ވާޗްއަލް މީޓިން ކުރިއަށް ގެންދާ އިރު، ގަމީސް ބާލައިގެން ގޮނޑީގައި އިށީނދެގެން އިންނަ ޓޯނީގެ ފަހަތުގައި އަންހެނަކު ހުރެގެން މަސާޖްކުރާ ތަނެވެ.

އެ ޕޯސްޓްގައި ޓޯނީ ވިދާޅުވެފައި ވަނީ ވަރަށް ބުރަ ހަފުތާއެއް ކަމަށާއި މަސާޖެކަށް ހިޔާލުދެއްވީ އިންޑޮނީޝިއާގެ އެއާ އޭޝިއާގެ ސީއީއޯ ވެރާނިތާ ޔޫސުފީން ކަމަށެވެ. ޓޯނީ ވިދާޅުވި ގޮތުގައި އެއާ އޭޝިއާ މިހާރު ބޮޑު ދަތުރުކުރަނީ ބޮޑު ބަދަލުތަކަކާ ދިމާއަށެވެ.

ޓޯނީ ޕޯސްޓްކުރި ފޮޓޯއާ ގުޅިގެން އޭނަ އަށް ފާޑުކިޔައި ކޮމެންޓްކުރި ވަރަށް ގިނަ ބަޔަކު ވަނީ ކުންފުންޏެއްގެ ވެރިއަކި އެފަދަ ގޮތަކަށް މުވައްޒަފުންނާ ބައްދަލުކުރުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށް ބުނެފައިވެ އެވެ. އަދި ޓޯނީ ސީއީއޯގެ މަގާމި އަދާކުރައްވާ އެއާ އޭޝިއާ އެއާލައިނަކީ ހިއްސާގެ ބާޒަރުގައި ވެސް ލިސްޓްކޮށްފައިވާ ކުންފުންޏަށްވާތީ އެފަދަ ކުންފުންޏެއްގައި ދށް ފެންވަރުގެ ކަންކަން ކުރާ ވެރިއަކު ހުރުން ގަބޫލު ނޫން ކަމަށާއި އެ ކުންފުނިން ހިއްސާގެ ބާޒާރުން ބޭރުކުރަން ވެސް ގޮވާލާފައިވެ އެވެ.

ބަޖެޓް އެއާލައިނެއްގެ ގޮތުގައި މަޝްހޫރު އެއާ އޭޝިއާ އަކީ ރާއްޖެ އަށް ވެސް ދަތުރުކުރާ އެއާލައިނެކެވެ.