Last Updated: July 24, 10:29
Friday, July 24, 2026
މުނިފޫހިފިލުވުން

ކަރީނާގެ އާ ފިލްމުގެ ޕޯސްޓަރު ދައްކާލައިފި

ބޮލީވުޑްގެ ބަތަލާ ކަރީނާ ކަޕޫރްގެ އާ ފިލްމު "ދަ ބަކިންހަމް މާޑާސް" ގެ ޕޯސްޓަރު މިއަދު އާންމުކޮށްފި އެވެ.

އޭނަ ޑިޓެކްޓިވެއްގެ ރޯލު ކުޅެފައިވާ މި ފިލްމަކީ އެކްތާ ކަޕޫރް ޕްރޮޑިއުސްކޮށް، ކުޅަދާނަ ޑައިރެކްޓަރު ހެންސަލް މެހެތާ ހަދާފައިވާ ތުރިލާއެކެވެ. "ދަ ބަކިންހަމް މާޑާސް" އަކީ ހެންސަލްއާ އެކީ ކަރީނާ މަސައްކަތްކުރި ފުރަތަމަ ފިލްމެވެ.

މީގެ ޕޯސްޓަރު ދައްކައިލި ނަމަވެސް ފިލްމު ރިލީޒްކުރާނެ ތާރީހެއް އަދިވެސް އިއުލާނެއް ނުކުރެ އެވެ. މިދިޔަ މަހު އިނގިރޭސިވިލާތުގައި ބޭއްވި ބީއެފްއައި ލަންޑަން ފިލްމު ފެސްޓިވަލްގައި ފިލްމު ޕްރީމިއާކުރުމުން ކްރިޓިކުންގެ ތައުރީފު ވަރަށް ބޮޑަށް ލިބުނެވެ.

ކަރީނާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ނެޓްފްލިކްސް އިން ޕްރިމިއާކުރި މިސްޓްރީ ތުރިލާ "ޖާނެ ޖާ" އެވެ.