ދަ ޑިމޮކްރެޓްސް ޕާޓީގެ ރައީސްގެ މަގާމަށް މެންބަރު ހަސަން ލަތީފް ކުރިމަތި ލައްވައިފިއެވެ.
ޑިމޮކްރެޓްސް ޕާޓީން ވަނީ އެ ޕާޓީގެ އިންތިހާބީ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައެވެ.
ހަސަން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ޕާޓީގެ ރައީސްގެ މަގާމަށް ކުރިމަތި ލައްވާފައިވާކަމަށެވެ. އަދި އެޕާޓީގެ މެންބަރުންގެ ތާއީދަށް އެދިވަޑައިގެންފައެވެ.
ދަ ޑިމޮކްރެޓްސްގެ ރައީސް ކަމުގެ މަގާމަށް އަޅުގަނޑު ކުރިމަތިލައިފިން. ހުރިހާ ޑިމޮކްރެޓުންގެ ތާއީދާއި އެހީތެރިކަން ދެއްވުން އަޅުގަނޑު ވަރަށް ބޮޑަށް އެދެން. ޝުކުރިއްޔާ. @TheDemocratsMV#WeTheDemocrats
— Hassan Latheef🎈 (@HassanLatheef) October 17, 2023
ހަސަންގެ އިތުރުން އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރުވެސް ވަނީ ޑިމޮކްރެޓްސްގެ ރައީސްގެ މަގާމަށް ކުރިމަތިލައްވާނެކަން ހާމަކުރައްވާފައެވެ.
ޑިމޮކްރެޓްސްގެ މަގާމުތަކަށް ވާދަކުރުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 15 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ. އެތެރޭގެ އިންތިހާބު ބާއްވަން ހަމަޖެހިފައި ވަނީ ޑިސެމްބަރު 2 ގައެވެ.