Last Updated: June 6, 09:42
Saturday, June 6, 2026
ޚަބަރު

އޭއީއެޗްގެ ކެތު ލެބްގެ މަސައްކަތް ނިންމާލައިފި

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ ކެތް ލެބުގެ މަސައްކަތް ނިންމާލައިފިއެވެ.

އެއީއެޗް ކެތު ލެބް އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ މަސް ނިމޭހާތަނުގައެވެ. މިމަސައްކަތް 2 ހަފްތާއެއްހާ ދުވަސްތެރޭ ނިންމާލާފައިވާއިރު މިހާރު އިކުޕްމެންޓް ޓެސްޓިން އަދި ކެލިބްރޭޝަން މަސައްކަތް ނިމިފައިވާ ކަމަށް އޭއީއެޗްއިން ބުނެއެވެ.

މިހާރު މިމަސައްކަތް ނިންމާ ކެތު ލެބް މުވައްޒަފުން ތަމްރީނު ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. ކެތު ލެބުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތަމްރީނުތަކަށް ދެ ހަފްތާވަރު ނަގާނެ ކަމަށް އޭއީއެޗް އިން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ.


އޭއީއެޗް ކެތު ލެބަކީ، ހިތުގެ ބަލިތަކަށް ފަރުވާ ދިނުމުގައި ވަރަށް މުހިންމު ތަނެކެވެ. އެގޮތުން ކޮރޮނަރީ އެންޖިއޯގްރަފީއާއި އަދި އިންވޭސިވް އަދި ނޮން އިންވޭސިވް ފަރުވާތައް ދެވޭނެއެވެ. މީގެ އިތުރުން ހާޓް އެޓޭކް ޖެހިގެން ގެންދާ މީހުންނަށް ފަރުވާ ދިނުމުގައިވެސް މާލެ ފޮނުވުގެ ބަދަލުގައި ފަސޭހަތަކެއް ލިބިގެން ދާނެއެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ ކެތު ލެބް ތަރައްޤީވެގެން އަންނައިރު ދާދިފަހުން ދާއިމީ ކާޑިއޮލޮޖިސްޓަކާއިއެކު ހިތުގެ ބަލިތަކަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ވަނީ ފަށާފައެވެ. މި ލެބާއެކު ހިތުގެ ބަލިތަކުގެ ޑިޕާޓްމެންޓަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.