Last Updated: June 15, 00:02
Sunday, June 14, 2026
ޚަބަރު

ކުރީގެ ޕީޖީ މުއިއްޒު މަޖިލީހަށް ވާދަކުރައްވަނީ

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވަން ވިސްނަވާ ކަމަށް ކުރީގެ ޕްރޮސެކިއުޓަ ޖެނެރަލް އަހުމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އޭނަ މިކަން ސޯޝަލް މީޑިއާގައި ހިއްސާކުރައްވަިއ ވިދާޅުވީ ވިސްނުން ހުންނެވީ މާލޭގެ ދާއިރާއަކަށް ވާދަކުރައްވަން ކަމަށް ވިދާޅުވި އެވެ. އެކަމަކު އެއީ ކޮން ދާއިރާއަކަށް ކަމެއް ވިދާޅެއް ނުވެ އެވެ.

މުއިއްޒު ޕީޖީގެ މަގާމު އަދާކުރެއްވީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ދައުރުގަ އެވެ.

އަންނަ އަހަރު ބާއްވާ މަޖިލީހުގެ 20 ވަނަ ދައުރުގެ އިންތިހާބު އޮންނާނީ އަންނަ މާޗުގެ ފަހުކޮޅު ނުވަތަ އޭޕްރީލްގެ ކުރީކޮޅު އެވެ. މި އިންތިހާބުގައި މަޖިލީހަށް 93 މެންބަރަކު އިންތިހާބު ކުރާނެ އެވެ.