ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމު އިބްރާހީމް ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރެއްވި ވެވަޑައިގަތް ވައުދުތަކުގެ ތެރެއުން ނެރުއްވި "ބަޔާންވެގެންވާ ފަސޭހަ ތަފުސީރު" ގެ ވެބް ވާޝަން ނެރެފި އެވެ.
ރޭ އެ އާންމުކޮށްފައި ވަނީ އިއްޔެ ފާހަގަކުރި ރާއްޖެ އިސްލާމްވި ދުވަހާ ގުޅުވަ އެވެ.
މިކަމާ ބެހޭ ގޮތުން ގާސިމް ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ "ބަޔާންވެގެންވާ ފަސޭހަ ތަފުސީރު" ހަ ވޮލިއުމް ގެ މައްޗަށް އެކުލެވިގެންވާ އެއްޗެއް ކަމަވެ.
ކީރިތި ޤުރުއާނުގެ ފުރިހަމަ ތަފްސީރެއް ދިވެހިބަހުން އޮތުމުގެ މުހިންމު ކަމުގެ މައްޗަށް ރިޢާޔަތް ކޮށް، ސަޢޫދިޢަރަބިޔާ އިން ނެރެފައިވާ التفسير واضح الميسر (އައްތަފްސީރުލް ވާޟިހުލް މުޔައްސިރު) ދިވެހިބަހަށް ތަރުޖަމާ ކޮށް، ދަރިވަރުންނާއި، ދީނީ ޢިލްމުވެރިންނާއި، އެންމެހާ ދިވެހި… pic.twitter.com/5IRQwAsD9z
— Qasim Ibrahim (@qasimibrahim) October 17, 2023
"الله އިރާދަފުޅާ މިންވަރުފުޅުން ލަސްތަކެއް ނުވެ މި ޗާޕްކޮށް ދިވެހިރާއްޖޭގެ ގިނަ ގޭބިސީތަކަށް ތަފްސީރުގެ ކޮޕީއެއް ހަދިޔާ ކުރުމަށް އަޅުގަނޑުވާނީ ނިންމާފައި." އޭނަ ވިދާޅުވި އެވެ. އެވެ. "މި ފޮތުގެ ވެބްވާޝަން ގެ ފުރިހަމަކޮށް މިރެއިން ފެށިގެން ޢާންމު ކުރެވުނީ ތީ الله ތަޢާލާ އަށް ޙަމްދު ކުރަން. މި މަސައްކަތުގައި އެހީތެރިވެދެއްވި އެންމެހާ ފަރާތްތަކަށް ހިތުގެ ފުން މިނުން ޝުކުރު ދަންނަވަން."
"ބަޔާންވެގެންވާ ފަސޭހަ ތަފުސީރު" ތަރުޖަމާކޮށް ލިޔުއްވީ ޝެއިހް މުޙައްމަދު ޢަބްދުﷲ އެވެ. ޕްރޫފް ރީޑްކުރެއްވީ އަބްދުﷲ އަބްދުލް މުޙުސިނާއި އިޔާޒު ޖާދުﷲ ނަސީމެވެ. ފޮތުގެ ވެބް ވާޝަންގެ މަސައްކަތް ކޮށްފައިވަނީ ކަނޑުނޫގޭ މުހައްމަދު އިޤްބާލެވެ.
މީގެ ސޮޕްޓް ލޯންޗިން އޮތީ މިދިޔަ މަހުގެ 7 ވަނަ ދުވަހުގެ ރޭގަ އެވެ.