Last Updated: July 23, 14:58
Thursday, July 23, 2026
ވިޔަފާރި

މާސްޓަކާޑުން ވިޔަފާރިކޮށްގެން އިނާމު ހޯދުމުގެ ފުރުސަތު

ބޭންކް އޮފް މޯލްޑިވްސްގެ މާސްޓާކާޑް ގެންގުޅޭ ކަސްޓަމަރުންނަށް ހާއްސަ އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

މި ޕްރޮމޯޝަންގެ ދަށުން ބީއެމްއެލްގެ މާސްޓާކާޑު ޑެބިޓް ކާޑު ގެންގުޅޭ ކަސްޓަމަރުންނަށް ޕްރޮމޯޝަންގެ މުއްދަތުގައި 2،500ރ. އަށް ވުރެ މަތިން ވިޔަފާރި ކޮށްގެން 500ރ. ގެ އަގުހުރި ވައުޗަރެއް ހޯދުމުގެ ފުރުސަތު އޮންނާނެ އެވެ.

އަދި މާސްޓާކާޑު ކްރެޑިޓް ކާޑު ގެންގުޅޭ ކަސްޓަމަރުންނަށް ޕްރޮމޯޝަންގެ މުއްދަތުގައި 3،000ރ. އަށް ވުރެ މަތިން ވިޔަފާރި ކޮށްގެން 600ރ. ގެ އަގުހުރި ވައުޗަރެއް ހޯދުމުގެ ފުރުސަތުވެސް އޮންނާނެ އެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ މަހުގެ 14 ގެ ނިޔަލަށެވެ.