Last Updated: July 24, 06:25
Friday, July 24, 2026
މުނިފޫހިފިލުވުން

"ޖަލަކް ދިކްލާ ޖާ" އަލުން ސޮނީ ޓީވީ އަށް

އަށް އަހަރުގެ މެދުކެނޑުމަކަށް އިންޑިއާގެ މަޝްހޫރު ޑާންސް ޝޯ، "ޖަލަކް ދިކްލާ ޖާ" ގެ އާ ސީޒަން ސޮނީ ޓީވީން ގެނެސްދޭން ނިންމައިފި އެވެ.

އަންނަ މަހުގެ 11 ގައި ޕްރީމިއާކުރަން ހަމަޖެހިފައިވާ ޝޯގެ ޕްރޮމޯ ވެސް މިހާރު އަންނަނީ ދައްކަމުންނެވެ. "ޖަލަކް ދިކްލާ ޖާ" ގެ އާ ސީޒަންގެ ޖަޖުންނަކީ ކުރިން ވެސް މި ޝޯގެ ޖަޖުކަންކޮށްފައިވާ މަޝްހޫރު ކޮރިއޮގްރާފަރު/ޑައިރެކްޓަރު ފަރާ ޚާނާއި މަލައިކާ އަރޯރާގެ އިތުރުން އެކްޓަރު އަރުޝަދު ވަރްސީ އެވެ.

"ޖަލަކް ދިކްލާ ޖާ" އަކީ އާންމުކޮށް އިންޑިއާގެ މަޝްހޫރު ޓީވީ ސެލެބްރީންނާ އެކީ ގެނެސްދޭނެ ޝޯއެކެވެ. މި ފަހަރުގެ ޝޯއިން ފެންނާނެކަން ޔަގީންވެފައިވާ ތަރިންގެ ތެރޭގައި ޝުއައިބް އިބްރާހީމް، ކަރޫނާ ޕާންޑޭ، އަދުރީޖާ ސިންހާ އަދި ސަންގީތާ ޕޯގަޓް ހިމެނެ އެވެ. މީގެ އިތުރުން ޝޯ އިިން ފެންނާނެ ކަމަށް ބެލެވޭ އިތުރު ތަރިންގެ ތެރޭގައި އުރްވަޝީ ދޮލާކިއާ (ކޮމޮލިކާ)، އަންޖަލީ އާނަންދު، ޝިވް ތާކްރޭ، އާމިރު އަލީ، ރަޖީވް ތާކޫރް އަދި ތަނީޝާ މުކަރްޖީ އެވެ.

"ޖަލަކް ދިކްލާ ޖާ" ގެ 10 ވަނަ ސީޒަން މިދިޔަ އަހަރު ކަލާސް އިން ގެނެސްދިން އިރު، އެ ސީޒަން ކާމިޔާބުކުރީ ގުންޖަން ސިންހާ އެވެ.

މި ޝޯ އަކީ 2006 އިން ފެށިގެން ގެނެސްދެމުން އަންނަ ޝޯއެކެވެ.