ފަލަސްތީނުގެ ރައްޔިތުންތަކަކަށް ދިވެހިންގެ ފަރާތުން ފައިސާ ބަހައިފި އެވެ.
މިކަން ކުރިއަށް ގެންގޮސްފައި ވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އޭއައިސީ) ގެ ފަރާތުންނެވެ. މި ވާހަކަ ހިއްސާކޮށް އެ ޖަމާއަތުން މިއަދު ބުނީ ފަލަސްތީނުގެ ވަރަށް ގިނަ އާއިލާތަކުގެ އެދުމުގެ މަތިން އާއިލާތަކަށް ފައިސާގެ އެހީ ފޯރުކޮށް ދީފައި ކަމަށެވެ.
އެގޮތުން އެހީގެ ފައިސާ ބެހި ސަރަހައްދުތަކަކީ މާރުކޭޓާއި ފިހާރަތައް އަދިވެސް ހުޅުވި، މަސައްކަތްކުރާ ސަރަހައްދުތަކެއް ކަމަށް އައިއޭސީން ބުންޏެވެ. އައިއޭސީން ބުނި ގޮތުގައި 200 އާއިލާއަކަށް 500 ޑޮލަރުގެ މަގުން ނަގުދު ފައިސާ ދީފައިވެ އެވެ. އޭގެ ތެރޭގައި އިޒްރޭލުގެ އަނިޔާވެރި ހަމަލާތަކުގައި ޝަހީދުވި ބައެއް މިސްމީހުންގެ އާއިލާތަކާއި އެކީއެކަށް ގެ ހަލާކުވި ފަރާތްތައް ވެސް ހިމެނެ އެވެ.
އޭއައިސީން ދިވެހިންގެ ފަރާތުން ފަލަސްތީނުގެ އާއިލާތަކަކަށް ފައިސާ ބެހި އިރު، އެ ޖަމާއަތުން ވަނީ ރާއްޖޭގައި ފައިސާ އެއްކުރަން ފަންޑެއް ވެސް ހުޅުވައިފަ އެވެ.
މީގެ އިތުރުން ރާއްޖޭގެ އެކި ފަރާތްތަކުން އަންނަނީ ފަލަސްތީނަށް އެހީވާން އެކި ގޮތްގޮތުން ފައިސާ އެއްކުރަމުންނެވެ.
މި މަހުގެ 7 އިން ފެށިގެން އިޒްރޭލުން ދަނީ މެދިކެނޑުމެއް ނެތި ފަލަސްތީނަށް ހަމަލާތައް ދެމުންނެވެ. އަދި މިހާތަނަށް އެ ގައުމުގެ އެތައް ބަޔަކު ޝަހީދުވެ، އެތައް ބަޔަކު ވަނީ ހާލުގައި ޖެހިފަ އެވެ.