Last Updated: July 27, 15:08
Saturday, July 27, 2024
ޚަބަރު

އިންޓަ ސްކޫލް ވޮލީ މުބާރާތުގައި 19 ސްކޫލެއް

ކުނބުރުދޫ ސްކޫލްގެ ދަރިވަރުންތަކެއް ޕްރެކްޓިސްގައި.

އަންނަ ހަފުތާގައި ފަށާ މި އަހަރުގެ އިންޓަ ސްކޫލް ވޮލީ މުބާރާތުގައި 19 ސްކޫލަކުން ވާދަކުރާ ކަމަށް ވޮލީބޯލް އެސޯސިއޭޝަނުން ބުނެފި އެވެ.

އެތަނުން ބުނީ މި މަހުގެ 22 ގައި ފަށާ މުތާރާތުގައި ދެ ޖިންސްގެ ޓީމުތައް ހިމެނޭ ގޮތަށް 19 ސްކޫލަކުން 42 ޓީމު ވާދަކުރާނެ ކަމަށެވެ. އެގޮތުން މުބާރާތުގައި މާލޭގެ 10 ސްކޫލަކުންނާއި އަތޮޅުތެރޭގެ ނުވަ ސްކޫލަކުން ބައިވެރިވެފައިވެ އެވެ.

މުބާރާތް ކުރިއަށް ގެންދަނީ ތިން އުމުރުފުރައަކަށެވެ. އެއީ 14 އަހަރުން ދަށާއި 16 އަހަރުން ދަށުގެ އިތުރުން 19 އަހަރުން ދަށެވެ.

އިންޓަ ސްކޫލް ވޮލީ ބޯޅަ މުބާރާތް މި އަހަރު ބާއްވަނީ ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ.

އެންމެ ފަހުން މި މުބާރާތް ބޭއްވީ 2019 ގަ އެވެ. އެ އަހަރު އެންމެ ގިނަ ތަށީ ގެންދިޔައީ ފީއަލީގައި ހުންނަ ފ. އަތޮޅު މަދަރުސާއިންނެވެ. އެ މަދަރުސާއިން ވަނީ ސާދަ އަހަރުން ދަށުގެ ދެ ޑިވިޝަންންގެ ޗެމްޕިއަނުންގެ އިތުރުން 16 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ޗެޕްޕިއަންކަން ވެސް ހޯދައިފަ އެވެ. ފ