Last Updated: August 11, 21:11
Monday, August 11, 2025
ޚަބަރު

ކުޅުދުއްފުށީ އެއާޕޯޓްގައި އެއްޗެއް ގޮވައި ބަޔަކަށް އަނިޔާވެއްޖެ

ފޮޓޯ: ކުޅުދުއްފުށި އޮންލައިން

ހދ. ކުޅުދުއްފުށީ އެއާޕޯޓުގައި އެއްޗެއް ގޮވައި ބަޔަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނެފައިވަނީ ކުޅުދުއްފުށީ އެއާޕޯޓް ފަޔާ ގެ ޓްރެއިނިން ގައި ބޭނުންކުރާ ސިލިންޑާއެއް ރީފިލް ކުރުމުގެ ތެރޭގައި ގޮވާފައިވާ ކަމަށެވެ. އެ ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު 11:45 ހާއިރު ކަމަށެވެ.

މި ހާދިސާގައި ކުޅުދުއްފުށީ އެއާޕޯޓް ފަޔާ ގެ 4 މުވައްޒަފަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދާކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.

ގޮވި ސިލިންޑަރު- ފޮޓޯ: އެމްއެންޑީއެފް

މި ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.