Last Updated: May 8, 23:17
Thursday, May 8, 2025
ޚަބަރު

މަރުވެފައި އޮއްވާ ފެނުނީ މޫދަށް ފުންމާލި މީހެއް

މަރުވެފައި އޮށްވާ ފެނުނު މީހާގެ ހަށިގަނޑު- ފޮޓޯ: އެމްއެންޑީއެފް

މިއަދު ހެނދުނު ކަނޑުމަތިން މަރުވެފައި އޮށްވާ ފެނުނީ ރަސްފަންނާ ދިމާލުން މޫދަށް ފުންމާލި މީހެއް ކަމަށް ފުލުހުން ބުނެފިއެވެ.

ދޫނިދޫއާއި ފުނަދޫއާއި ދޭތެރޭ ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މިއަދު ހެނުނު 09:10 ހާއިރުއެވެ.

ފުލުހުން މިއަދު ބުނެފައިވަނީ ކަނޑުމަތިން މަރުވެފައި އޮށްވާ ފެނުނު މީހާއަކީ ރޭ ރަސްފަންނާ ދިމާލުން މޫދަށް ފުންމާލި މީހާގެ ހަށިގަނޑު ކަމަށެވެ. އެއީ 41 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އެ މީހާގެ ހަށިގަނޑު މިހާރު އާއިލާއާ ހަވާލު ކޮށްފައިވާ ކަމަށެވެ.

އެމީހާ ރޭ ރަސްފަންނާ ދިމާލުން މޫދަށް ފުންމާލި ކަމަށް ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ 19:25 ހާއިރުއެވެ. އެވަގުތު ފުލުހުން އެ ސަރަހައްދަށް ގޮސް ބެލިއިރު، އެމީހާ މޫދުގައި ފެންނަން އޮތުމުން އެމީހާ ސަލާމަތްކުރުމުގެ މަސައްކަތް ކޮށްފައިވެއެވެ. އެހެންނަމަވެސް ފަތާފައި އެމީހާ އޮތް ހިސާބަށް ދެވުމުގެ ކުރިން އެމީހާގެ ހަށިގަނޑު ވީނުވީއެއް ނޭންގި ގެއްލިފަިއވާކަމަށް ފުލުހުން ބުނެފައިވެއެވެ.