ކުރިއަށް އޮތް ހަފްތާ ބަންދުގައި މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފި އެވެ.
މެޓް އޮފީހުގެ ލަފާކުރުންތަކަށް ބަލާއިރު އަންނަ ހުކުރު ދުވަހު ރާއްޖޭގެ ބައެއް އަތޮޅުތަކަށް ކެރީގެ އަސަރު ކުރާއިރު، ހޮނިހިރު ދުވަހު ދެކުނުގެ ހުރިހާ އަތޮޅަކަށް ވެސް ކެރީގެ އަސަރު ކުރާނެ އެވެ.
ރާއްޖެއަށް މިހާރު ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށްވާއިރު މިއަދުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވުމާ ގުޅިގެން މެޓް އޮފީހުން ވަނީ ވައިޓް އެލާޓް ނެރެފަ އެވެ. ވައިޓް އެލާޓް ނެރެފައިވަނީ ހއ އަތޮޅުން ހދ އަތޮޅާއި ހަމައަށެވެ.
ކުރިއަށް އޮތީ މޫސުން ގޯސް ދުވަސް ވަރަކަށް ވާތީ މޫސުމަށް ހުރިހާ ފަރާތްތަކަކުންވެސް ސަމާލުވުމަށް ކަމާ ގުޅޭ އިދާރާތަކުން ވަނީ އެދިފަ އެވެ.