Last Updated: June 14, 23:25
Sunday, June 14, 2026
ޚަބަރު

ފަލަސްތީނަށް އެހީވާން މަމްސް އެއިޑުން އިވެންޓެއް

ފަލަސްތީނަށް އެހީވާން "މޯލްޑިވިއަން މަދާސް ވިތު ޕަލަސްތީން" ގެ ނަމުގައި މަމްސް އެއިޑުން އިވެންޓެއް ބޭއްވުމަށް ނިންމައިފި އެވެ.

މި އިވެންޓް ބާއްވަން ހަމަޖެހިފައި ވަނީ ހުޅުމާލޭ މައި ބަސް ސްޓޮޕް ކުރިމަތީ އޮންނަ ރުއްގަނޑު އެކެއް ސަރަހައްދުގައި މާދަމާ މެންދުރު ފަހު 2:00 އިން ފެށިގެން އިރު އޮއްސި 6:00 އާ ހަމައަށެވެ. މަމްސް އިން ބުނީ މި އިވެންޓްގައި އަންނައުނާއި ކުޅޭ ތަކެއްޗާއި ވާހަކަ ފޮތާއި ކުލަ ޖައްސާ ސާމާނާއި ޝޯޓް އީޓްސް ޕެކެޓްތަކާއި ބުއިންތަކާއި ކުކީޒް އާއި ކަޕްކޭކާއި ދިދައިގެ އިތުރުން ޕޮޕްކޯން ވެސް ހަދިޔާ ކުރެވޭނެ ކަމަށެވެ.

އެގޮތުން ތަކެތި ހަދިޔާ ކުރުމަށާއި އެ ހަރަކާތުގައި ބައިވެރިވުމަށް 7349393، 7849393 ނުވަތަ 7860003 އަށް ގުޅުމަށް އެ މަމްސް އިން އެއިޑުން އެދިފައިވެ އެވެ. ވަނީ އެދިފައެވެ.

އެ ޖަމިއްޔާއިން ބުނި ގޮތުގައި މި އިވެންޓުން ލިބޭ ހުރިހާ ތަކެއްޗަކާއި ފައިސާއެއް ހަދިޔާކުރާނީ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) މޯލްޑިވްސް މެދުވެރިކޮށް ފަލަސްތީނު އިމަޖެންސީ ރިލީފް ފަންޑަށް ކަމަށެވެ.

ފަލަސްތީނަށް އެހީވާން ރާއްޖޭގެ އެކި ހިސާބުތަކުގައި ތަފާތު އެކި ހަރަކާތްތައް އަންނަނީ ހިންގަމުންނެވެ. އެގޮތުން އައިއޭސީންނާއި މޯލްޑިވްސް ރެޑް ކްރެސެންޑުން ފަންޑް ހުޅުވާފައިވެ އެވެ.