އަންނަ މަހު ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ ސަލްމާން ޚާނާއި ކެޓްރީނާ ކައިފްގެ ފިލްމު "ޓައިގާ 3" ގެ ލަވަތަކުގެ ތެރެއިން ބެލުންތެރިންނަށް ދޫކޮށްލާ ފުރަތަމަ ލަވައިގެ ޓީޒާއެއް މިއަދު އާންމުކޮށްފި އެވެ.
ވަރަށް "އެގްޒޯޓިކްކޮށް" ގެނެސްދޭ މި ލަވަ އަކީ ފުރަތަމަ ފަހަރަށް ސަލްމާންގެ ފިލްމަކުން މަޝްހޫރު ލަވަކިޔުންތެރިޔާ އަރިޖިތު ސިންގްގެ އަޑު އިވިގެންދާނެ ފުރަތަމަ ފިލްމެވެ. "ލޭކޭ ޕްރަބޫ ކާ ނާމް" ގެ ނަން ދީފައިވާ މި ލަވަ އަކީ އަރިޖިތާއި ނިކިތާ ގާންދީ ކިޔާފައިވާ ލަވައެކެވެ.
ސަލްމާނާއި ކެޓްރީނާގެ ނެށުންތަކެއް ފެނިގެންދާ ލަވައިގެ ކޮރިއޯ ހަދާފައި ވަނީ ވައިބާވީ މާޗަންޓް އެވެ. "ލޭކޭ ޕްރަބޫ ކާ ނާމް" ގެ ފުލް ލަވަ އާންމުކުރަން ހަމަޖެހިފައި ވަނީ ހޯމަ ދުވަހު އެވެ.
މި އަހަރުގެ އެންމެ އުންމީދީ ބޮލީވުޑްގެ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ޓައިގާ 3" އަންނަ މަހުގެ 12 ގައި ސިނަމާތަކަށް ގެންނަ އިރު، މި ފިލްމުގެ ޑައިރެކްޓަރަކީ މަނީޝް ޝަރުމާ އެވެ. ޔާޝްރާޖް ފިލްމްސް ވައިއާރްއެފް) ގެ ސްޕައި ޔުނިވާސް އަށް ނިސްބަތްވާ މި ފަސް ވަނަ ފިލްމުގެ ވިލަންގެ ރޯލުން ފެންނާނީ އިމްރާން ހާޝިމީ އެވެ.
ޓައިގާ ފްރެންޗައިޒްގެ ކުރީގެ ދެ ފިލްމަކީ 2017 ގެ "ޓައިގާ ޒިންދާ ހޭ" އާއި 2012 ގެ "އޭކް ތަ ޓައިގާ" އެވެ.