Last Updated: August 11, 21:11
Monday, August 11, 2025
ޚަބަރު

މާފަންނު ޕޮލިސް ސްޓޭޝަނަށް ގެއްލުންދިން މީހުންގެ ބަންދުޖަހައިފި

މާފަންނު ޕޮލިސް ސްޓޭޝަނަށް ގެއްލުންދިން ދެ މީހަކު ބަންދުގައި ބައިތިއްބަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ކުށެއްގެ ތުހުމަތުގައި މާފަންނު ޕޮލިސް ސްޓޭޝަނަށް ގެނެވިފައި ތިބި ދެ މީހަކު އެ ޕޮލިސް ސްޓޭޝަނަށް ގެއްލުންދިން މައްސަލައިގައި ކޯޓުން އިއްޔެ ވަނީ ދެ މީހުންގެ ބަންދަށްވެސް 3 ދުވަސް ދީފައެވެ. މި މައްސަލައިގައި ބަންދު ކޮށްފައިވަނީ 22 އަހަރުގެ މީހަކާއި 45 އަހަރުގެ މީހެކެވެ.

ކޯޓުގައި ފުލުހުން ބުނެފައިވަނީ އެ ދެމީހުން ޕޮލިސް ސްޓޭޝަނަށް ގެނެވިފައި ވަނިކޮށް ސްޓޭޝަންގައި ހުރި ޕާޓިޝަނެއްގައި ފައިންޖަހާ ގާތްގަނޑަކަށް 1 ފޫޓޫ ހައިތަން ފަޅާލާފައި މުދަލަށް ގެއްލުންދީފައިވާ ކަމަށެވެ.

މި ދެމީހުންނަކީވެސް ފުލުހުންގެ ހައްޔަރު އަދި ބަންދު ރެކޯޑް އޮންނަ ދެމީހުންނެވެ.