Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

ކުޅުދުއްފުށި އެއާޕޯޓުގައި އަނިޔާވި މިހާ އިތުރުފަރުވާއަށް ބޭރަށް ގެންދަނީ

ގޮވި ސިލިންޑަރު- ފޮޓޯ: އެމްއެންޑީއެފް

ކުޅުދުއްފުށީ އެއާޕޯޓްގައި ސިލިންޑަރެއް ގޮވާ ހާލު ސީރިއަސްވި މީހާ އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިއުމުގެ މަސައްކަތް ފަށައިފިއެވެ.

ކުޅުދުއްފުށީ އެއާޕޯޓް ފަޔާ ގެ ޓްރެއިނިން ގައި ބޭނުންކުރާ ސިލިންޑާއެއް ރީފިލް ކުރުމުގެ ތެރޭގައި ގޮވާފައިވަނީ ބްރާސްފަތި ދުވަހުއެވެ.

އެ ހާދިސާގައި ކުޅުދުއްފުށީ އެއާޕޯޓް ފަޔާ ގެ 4 މުވައްޒަފަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު އެކަކުގެ ހާލު ސިރިއަސްވެގެން އެރޭގެ ވަގުތެއްގައި ވަނީ މާލެ ގެނެސްފައެވެ.

އޭނާއަށް މާލޭގައި އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިއުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް އަދި މިހާތަނަށް ހާމަކޮށްފައެއްނުވެއެވެ.