Last Updated: May 8, 23:17
Thursday, May 8, 2025
ޚަބަރު

ޣައްޒާއަށް އެހީގެ އުޅަނދުތައް ވައްދައިފި

އެހީ ހިފައިގެންދިޔަ އުޅަނދެއް- ފޮޓޯ: ރޮއިޓާސް

އިޒްރޭލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކާ ގުޅިގެން އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދިޔަ އުޅަނދުތައް މިސްރު މަގުން ޣައްޒާއަށް ވައްދަން ފަށައިފިއެވެ.

އިންސާނީ އެހީގެ އުޅަނދުތަކުގެ ގޮތުގައި 20 އުޅަނދެއް މިއަދު މިސްރު ބޯޑަރު ހުރަސްކޮށް ޣައްޒާއަށް ވަދެފައިވެއެވެ.

އިޒްރޭރުން ފަލަސްތީނުގެ ޣައްޒާއަށް ދޭންފެށި ހަމަލާތަކަށްފަހު ޣައްޒާއިން ފެނާއި ކަރަންޓު ވަނީ ކަނޑާލާފައެވެ. އެކަމުގެ ސަބަބުން ހަނގުރާމަ މެދުކަނޑާލާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ އިދާރާތަކާއި އިސްލާމީ ޤައުމުތަކުން އަންނަނީ ގޮވާލަމުންނެވެ.

އިޒްރޭލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 4200 އަށްވުރެއް ގިނަ މީހުން ޝަހީދު ކޮށްލާފައިވެއެވެ. އޭގެތެރެއިން 70 އިންސައްތަ މީހުންނަކީ ކުޑަކުދިންނާއި އަންހެނުންނެވެ.

މި ހަނގުރާމަ ސުލްހަ ކުރުމަށްޓަކައި މިސްރުގައި މިއަދު 'ކައިރޯ ޕީސް ސަމިޓް' ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.