Last Updated: July 23, 13:59
Thursday, July 23, 2026
ޚަބަރު

ބޭސް ގެނައުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރާކަށް ނޫޅޭ

އެސްޓީއޯ / ފޮޓޯ؛ ރާއްޖެ އެމްވީ

ބޭސް އެތެރެކުރަން އިންޑިއާގެ ކުންފުންޏަކާ އެކު ސޮއިކުރަން އުޅޭ ވާހަކަތައް އެސްޓީއޯ އިން ދޮގުކޮށްފި އެވެ.

އެސްޓީއޯ އިން މި ވާހަކަތައް ދޮގުކޮށްފައިވަނީ ބޭހާއި އޭގެ ސަޕްލައިސް ރާއްޖެއަށް ފޯރުކޮށްދޭން ހާއްސަ އެއްބަސްވުމެއް އެސްޓީއޯ އާއި ޓެމިލް ނާޑޫ ކުންފުންޏަކާއި ދެމެދު ހެދުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އިންތިހާބީ ރައީސް އޮފީހުން ބުނެފައިވާ ދަނޑިވަޅެއްގަ އެވެ.

އެކަމާ ގުޅިގެން އެސްޓީއޯ އިން ބުނީ އެފަދަ އެއްވެސް އެއްބަސްވުމެއްގައި އެސްޓީއޯ އިން މި ވަގުތު ސޮއިކުރަން ނޫޅޭ ކަމަށެވެ. އަދި އެފަދަ ކަމެއް ހުއްޓުމަށް އެއްވެސް ފަރާތަކުން އެ ކުންފުންޏަށް އަދި އަންގާފައި ނުވާ ކަމަށްވެސް އެސްޓީއޯ އިން ބުނެފައިވެ އެވެ.

ރާއްޖެއަށް ބޭހާއި ސިއްޙީ ދައިރާގެ އެހެނިހެން ސާމާނު އެންމެ ގިނައިން އެތެރެ ކުރަނީ އެސްޓީއޯއިިންނެވެ. އެސްޓީއޯގެ އަމާޒަކީ އިތުރު މެދުވެރިއަކާ ނުލައި ބޭސް އަދި ޞިއްޙީ ދާއިރާގެ އުފެއްދުންތައް އުފައްދާ ސީދާ ކުންފުނިތަކުން ފެންވަރު ރަނގަޅު ބޭސް އަދި ޞިއްޙީ ދާއިރާގެ އުފެއްދުންތައް ރާއްޖެ އެތެރެކޮށް ފުޅާދާއިރާއެއްގައި ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

އެގޮތުން މިދިޔަ ސެޕްޓެމްބަރު މަހު ދުނިޔޭގެ އެންމެ ބޮޑު އެއް ފާމަސޫޓިކަލް ކުންފުނި އެސްޓްރާ ޒެނެކާއާއި އެކު ވެވުނު އެއްބަސްވުމާއި އެކު މިފަދަ 27 އެއްބަސްވުމެއް އެސްޓީއޯއިން ވަނީ ހަދާފަ އެވެ.