Last Updated: July 24, 06:25
Friday, July 24, 2026
މުނިފޫހިފިލުވުން

ވަރަށް ގިނަ ދަރިން ބޭނުން: ޕަރިނީތީ

ވަރަށް ގިނަ ދަރިން ހޯދަން ބޭނުންވާ ކަމަށާއި ބޭނުން ވަނީ ބޮޑު އާއިލާއެއް ކަމަށް ބޮލީވުޑްގެ ބަތަލާ ޕަރިނީތީ ޗޯޕްޅާ ބުނެފި އެވެ.

އިންޑިއާގެ ސިޔާސީ ދާއިރާގައި މަސައްކަތްކުރާ އަދި އާމް އާދުމީ ޕާޓީ އާޕް) ގެ ލީޑަރެއް ކަމަށްވާ ރާގަވް ޗައްޑާއާ މިދިޔަ މަހު ކައިވެނިކުރި 35 އަހަރުގެ ބަތަލާ ފިލްމުފެއާ އަށް ދިން އިންޓަވިއުއެއްގައި ބުނީ މިހާރު ފެމިލީ ޕްލޭން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ގިނަ ދަރިން ހޯދުމަކީ ވަރަށް ބޭނުންވާ ކަމަށް ބުންޏެވެ.

ޕަރިނީތީ ބުނި ގޮތުގައި ބޮޑު އާއިލާއެއް ބިނާކުރަން ބޭނުންވާތީ ކުދިން އެޑޮޕްކުރުމަކީ ވެސް ވިސްނުމުގައި އޮތް ކަމެކެވެ.

"ގިނަ ދަރިން ވިހެއުމަކީ ނުވެދާނެ ކަމެއް. އެހެންވެ އަހަރެން ބޭނުން ކުދިން އެޑޮޕްޓްކުރަން ވެސް." މިދިޔަ ހަފުތާގައި ރާއްޖޭގައި ޗުއްޓީ ހޭދަކުރި ބަތަލާ ބުންޏެވެ.

ޕަރިނީތީ އާއި ރާގަވް ކައިވެނިކުރީ މިދިޔަ މަހުގެ 24 ގަ އެވެ. ބޮލީވުޑުން މިހާތަނަށް އަދި މާ ބޮޑު ކުރިއެރުމެއް ހޯދިފައި ނުވާ ޕަރިނީތީ އަކީ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާއާ ދެބޭންގެ ދެދަރި މީހެކެވެ.

ޕަރިނީތީގެ އެންމެ ފަހުގެ ފިލްމަކީ މި މަހުގެ 6 ގައި ރިލީޒްކުރި އަކްޝޭ ކުމާރުގެ "މިޝަން ރާނީގަންޖު" އެވެ.