ގައުމުން ބޭރަށް އަމިއްލަ އަރުވާލެވިގެން ހުންނަވާތާ ހަތަރު އަހަރަށް ވުރެ ގިނަ ދުވަސް ފަހުން، ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފު އެނބުރި އިއްޔެ ގައުމަށް ވަޑައިގެންނެފި އެވެ.
މިޑިއާތަކތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިނގިރޭސިވިލާތުން ނަވާޒް އެނބުރި ވަޑައިގެންނެވީ އަންނަ އަހަރު ކުރީކޮޅު ބާއްވާ އާންމު އިންތިހާބުގައި ވާދަކުރައްވައި އަލުން ވެރިކަމަށް ވަޑައިގެންނެވުމުގެ މަގުސަދުގަ އެވެ. އެގޮތުން ކުރިން ތިން ފަހަރެއްގެ މނަތިން ބޮޑުވަޒީރުކުރަން ކުރެެއްވި 73 އަހަރުގެ ނަވާޒު ގައުމަށް ވަޑައިގެންނެވުމާ އެކީ ކެމްޕޭން ހަރަކާތްތައް ވެސް ސއުއްޔެ ވަނީ ފައްޓަވައިފަ އެވެ.
އެގޮތުން ނަވާޒު އިސްކޮށް ހުންނަވައިގެން ލާހޯރްގައި ބޮޑު ރެލީއެއް ބާއްވާފައިވެ އެވެ. އޭގައި ސަޕޯޓަރުންނާ މުހާތަބުކޮށް ނަވާޒު ވިދާޅުވީ އޭނަ ގައުމަށް އެނބުރި ވަޑައިގެންނެވީ އެއްވެސް ބައެއްގެ ފަރާތުން ބަދަލު ހިއްޕަވަން ނޫން ކަމަށާއި އޭނަ ވަޑައިގެންނެވީ ގައުމަށް ހެޔޮއެދިވަޑައިގަންނަވާތީ ކަމަށެވެ.
ކޮރަޕްޝަންގެ ކުށްތަކެއް ސާބިތުގެ 14 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް ސިއްހީ ފަރުމާއަކަށް 2019 ގައި އިނގިރޭސިވިލަތަށް ފޮނުއްވި ގޮތަށް ނަވާޒު ގައުމަށް ވަޑައިނުގެން އުޅުއްވީ ލަންޑަންގަ އެވެ. އިންތިހާބާ ދިމާކޮށް އޭނަ ގައުމަށް ވަޑައިގަތް ނަމަވެސް ދައުވާތަކާ ހެދި ނަވާޒަށް އިންތިހާބުގައި ވާދައެއް ނުކުރެއްވޭނެ އެވެ. ނަނަވެސް އޭނަގެ މައްޗަށް އިއްވާފައި އޮތް ހުކުމް އިސްތިއުނާފުކޮށް، އެ މަރުހަލާ އިން ކާމިޔާބު ހޯދައި، އިންތިހާބަށް ނުކުންނަވަން މަގުފަހިކުރަން ގާނޫނީ ޓިމުން ގެންދަނީ މަސައްކަތްކުރަމުން ކަމަށް މީޑިއާތަކުން ބުންޏެވެ.
ޕާކިސްތާންގެ ބޮޑުވަޒީރުކަމުގެ މަގާމުގައި ހުންވަނިކޮށް މިދިޔަ އަހަރުގެ ކުރީކޮޅު އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި އިމްރާން ޚާން މަގާމު ދުރުކުރި ފަހުން މިދިޔަ އަހަރުގެ އެޕްރީލް 11 އިން މި އަހަރުގެ އޮގަސްޓް މަހުގެ 13 އާ ހަމައަށް އެ ގައުމުގެ ބޮޑުވަޒީރުގެ މަގާމުގައި ހުންނެވީ ނަވާޒުގެ ކޮއްކޯފުޅު ޝެހެބާޒް ޝަރީފެވެ.