Last Updated: June 13, 06:05
Saturday, June 13, 2026
ޚަބަރު

ފުލުހުން އެފްއޭއެމަށް ވަދެ، ފާސްކުރަނީ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އަށް ފުލުހުން މިއަދު ވަދެ، އެތަން ފާސްކުރަން ފަށައިފި އެވެ.

އެނގިފައިވާ ގޮތުގައި އެތަން ފާސްކުރަނީ ނާޖާއީޒު ގޮތުގައި ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ފައިސާގެ މުއާމަލާތްތަކެއްގެ މައްސަލަ އެވެ. މި ފަހަކަށް އައިސް އެފްއޭއެމްގެ ބައެއްގެ ވެރިންގެ މައްޗަށް ކޮރަޕްޝަންގެ ބައެއް ތުހުމަތުތައް ކުރެވެމުން އައިސްފައިވެ އެވެ.

އެފްއޭއެމްފަށް ފޮނުވާ ފައިސާ އަމިއްލަ މީސްމީހުންގެ އެކައުންޓްތައް ފޮނުވައި މަނީ ލޯންޑަރިން އާއި ހިޔާނާތަށް މަގުފަހިވާ އަމަލުތަކެއް ހިންގާތީ އެފްއޭއެމް ފާސްކުރަން ފެށީ ޕްރޮސިކިއުޓާ ޖެނެރަލްގެ އަމުރަކަށެވެ.

އެފްއޭއެމްގެ ރައީސަކީ އެ މަގާމުގައި ހުންނަވާތާ ގިނަ ދުވަސްތަކެއްވީ ބައްސާމް އަދީލް ޖަލީލެވެ. އޭނައާ އެކީ އެފްއޭއްގެ ހިންގުން ބޮއްސުން ލައި، ރާއްޖޭގެ ފުޓްބޯޅަ ހަލާކުވެފައިވާ ކަމަށް ބުނެ ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ބައްސާމަށް އަމާޒުވެފައިވެ އެވެ.

މިއަދު ފުލުހުން އެފްއޭއެމް ފާސްކުރަމުން ދިޔަ ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފުސީލެއް އަދި ނުލިބެ އެވެ.