Last Updated: June 13, 06:05
Saturday, June 13, 2026
ޚަބަރު

އެފްއޭއެމް ފާސްކުރަނީ ތަހުގީގަކަށް ހެކި ހޯދަން

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އަށް ފުލުހުން މިއަދު ވަދެ، އެތަން ފާސްކުރަނީ ޖިނާއީ ތަހުގީގަކަށް ބޭނުންވާ ހެކި ހޯދަން ކަމަށް ފުލުހުން ބުނެފި އެވެ.

މިކަމާ ގުޅޭ ގޮތުން ފުލުން ނެރުނު ކުރު ބަޔާނެއްގައި ބުނީ އެފްއޭއެމް ފާސްކުރަން ފެށި ޕްރޮސެކިިއުޓަ ޖެނެރަލްގެ އެންގުމަކާ ގުޅިގެން ކޯޓް އަމުރެއްގެ ދަށުންނެވެ.

އެތަން ބަލައި ފާސްކުރަންކުރަން ފެށި އިރު ނާޖާއީޒު ގޮތުގައި ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ފައިސާގެ މުއާމަލާތްތަކެއްގެ މައްސަލަތަކެއް ފެންމަތިވެފައިވެ އެވެ. އެގޮތުން އެފްއޭއެމްފަށް ފޮނުވާ ފައިސާ އަމިއްލަ މީސްމީހުންގެ އެކައުންޓްތައް ފޮނުވައި މަނީ ލޯންޑަރިން އާއި ހިޔާނާތަށް މަގުފަހިވާ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުތަކެއް ކުރެވެ އެވެ.

އެފްއޭއެމްގެ ރައީސަކީ އެ މަގާމުގައި ހުންނަވާތާ ގިނަ ދުވަސްތަކެއްވީ ބައްސާމް އަދީލް ޖަލީލެވެ. އޭނައާ އެކީ އެފްއޭއްގެ ހިންގުން ބޮއްސުން ލައި، ރާއްޖޭގެ ފުޓްބޯޅަ ހަލާކުވެފައިވާ ކަމަށް ބުނެ ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ބައްސާމަށް އަމާޒުވެފައިވެ އެވެ.