ސިވިލް ކޯޓުގެ ގާޒީކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި 15 ފަރާތަކުން ކުރިމަތިލައިފިއެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަނުން ބުނެފައިވަނީ ސިވިލް ކޯޓަށް ގާޒީއަކު ހޯދުމަށް އޮކްޓޫބަރު 5 ވަނަ ދުވަހު ކުރި އިއުލާނާ ގުޅިގެން 15 ފަރާތަކުން މަގާމަށް ކުރިމަތިލާފައިވާކަމަށެވެ. ޖޭއެސްސީން ވަނީ އެ މަގާމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ވަނަވަރު ހާމަކޮށްފައެވެ.
ސިވިލް ކޯޓުގެ ގާޒީ ކަމަށް ކުރިމަތިލާފައިވާ ފަރާތްތަކަކީ މުހައްމަދު ނިޡާމް، ނަފީލު މުޙައްމަދު، މުޙައްމަދު އިޙްސާން، މުޞްޠަފާ ޙަމީދު، ޢަލީ ނަޞީރު، އާދަމް ޛާލިފް، ޙައްމާދު ވާފިރު، މުޙައްމަދު ވިދާން ޝާކިރު، މަރްޔަމް ޝާނީ، ޢަބްދުއްސަލާމް ޢަލީ، ޝިފްޒާ ޢަބްދުލްޤައްޔޫމް، ފާތިމަތު ޝަފީނާޒް، ފަތުޙުﷲ ޖަމީލް މޫސާ، ޢާއިޝަތު އަރީޝާ ނަޖީބު އަދި އަޙްމަދު މަޢުޞޫމުއެވެ.
Civil Court ge Gazi kamah kurimathi levvi faraaiy thakuge list
More Info: https://t.co/eMY0obCeGs
— Judicial Service Commission (@MaldivesJSC) October 22, 2023
ސިވިލް ކޯޓުގެ ގާޒީއެއްގެ އަސާސީ މުސާރައަކީ 30،000 ރުފިޔާއެވެ. ލިވިން އެލަވެންސްގެ ގޮތުގައި 15،000 ރުފިޔާ ލިބޭއިރު ރިސްކް އެލަވެންސްގެ ގޮތުގައި 1650 ރުފިޔާ ލިބެއެވެ.